މިކުރާ ޢިބާދާތުގެ ތެރޭ ޒިކުރާ ތަކޭ އާލާވަނީ
އިކުރާމުގައި މަތިވެރި ޚަލީލް ފިކުރާ ޚިޔާލަށަ ސިފަވަނީ
ސަހަރާގެ ހަނަފަސް ބިންމަތީ ބައްކާގެ މަތިވެރި އިމުތެރޭ
ސަހަރެއްގެ އަސަރެއްނެތި އެތާ ނަސްލޭ ވިމާތްވީ ލައްވަނީ
ޒަބަޙުގެ އަސަރު ޝަރުޢުގެ ތެރޭން ދިރުވޭނެހެން ލެއްވެވި ކަމުން
އަބަދަށްޓަކައި ދެމިއޮންނަގޮތް އުންމަތް ތަކާއެކު ދިރުވެނީ
މަލްފުގެ އަމީރާ ހާޖިރުގެ އީމާން ކަމާ ކެތްތެރިކަމާ
ޤަލްބުގެ ވަތުން ހިލިގެން ނުކުމެ ސަޢުޔުގެ ތެރޭގައި އޮހޮރެނީ
ފިތުނައިގެ ޚަލަލުން މިންވަރެއް ވެއްދޭނެދޮރު ތިންހިތްޕުލަށް
މިތުރެއް ކަމަށް ހެދިގެން އުޅުނު ޝަޠާނަށޭ ބަންދުވެދަނީ
ކައުބާގެ މާތް މަތިވެރި ބިނާ ޙައްޖަށް އެދެއްވެވި ބަންގިޔާ
ނަޢުއަށް މިއިންސާނީ ދުޢާ ފުޅަކުން މަނާސިކު ލެއްވެނީ
އަރުޟަށް ދަތުރުކޮށްގޮސް މިއަދު ޢަރަފާތުގައި އެތިބޭ ތިބުން
ފަރުޟެއް ކަމަށް ލެއްވެވި މަނާސިކު އަދު އަދާ ވެވެމުންދަނީ