ސަނަދު ޑިގުރީތަކެއް ނެތް މީހުނޭ ދައުލަތް އިހަށް ހިންގީ
މަނަޢަ ކަމަކަށް އެރުން އާންމުވެ ފަސާދަނުވާ ގޮތަށެ ހިންގީ
މިއަދު ޢުމުރުން ފުރުނު ހަތްދިހަ އެކަކު ހުރިތޯ ޚުލުޤު ފާސިދު
މިއަދު ތުންވެސް ނުވީއްލި ކިރުން ފިލައިދޭ ސިފަ ރިވެތި ޚުލުޤީ
ނަމޭ މުސްލިމު ހުރީ ހަރުލައި ސުލޫކާ ޚުޤުވެސް ނެތިފައި
ކަމޭ ނެތިގެން ތަނުން ދިޔައީ ވަރާ ފެނަކަަށް ވުމުން ވިސްގީ
ވެރިންނަށް ފާރަލައި ބޯކޮޅު ބަލާކަށް ނެތްކަމަކު ކޮމިޝަން
ވެރިން އެވެރިންގެ ޒިންމާތައް އަދާކުރެވޭ މަގުންނެ ހިނގީ
ކަތީބަށް ރަމަތަ ނުވެގެންނެއް ރަށެއްގައި ރައްޔިތުން އެކުގައި
މަތީބާރެއް ސިފައިންގެ ތެރޭން ނުގެންގޮސް އޭރު ރަށް ހިންގީ
ސަތޭކަ އަމުރު ނުފޮނުވައި ކޯޓަކުން ހިންގިޔެ ސަރިޔަތްތައް
ސަތޭކަ އަހަރު މިހާރު ގޮތަށް ނުވާހެން ނިންމި ގޮތް ޙައްޤީ
މިތާ ޤާޒީން ދަނޭ މާތްވީ މިއިސްލާމީ ޝަރީޢަތް ހެޔޮ
މިތާ އެދުވަހު ވަކީލުންނަށް ނުމޮހެވޭ ސަރިޔަތޭ ހިންގީ
މިވެނި ކަމެކޭ މިހާރު ހެވީ ކިޔާނޭ އެއްކަމެއް ނެތިފައި
މިވެއްޓަކު ނެތް އަދަބު ސަދަބެއް ސުލޫކެއް ހުރި އެކަކު ޚުލުޤީ
