ތަޢައްޞުބަކީ ލޮލާ ކަންފަތް ކަނުވެ މަންމަން ވެދާ ކަމެކޭ
ނަޢަމްސޫފީގެ ގިންތީގައި ސިކުނޑި ގިންތީ ވެދާ ކަމެކޭ
ހިނގައިގެން ގައުމުގައި މިއުޅޭ ކަމާމެދު ބަސްބުނާ މީހުން
ހިނގައިފައިދާންވި ތެދުމަގުވެސް ނުދަނެތިބިކަން އެނގުނު ކަމެކޭ
ސަނަދު ފާސްތައް ބޮޑުވެ ގިނަޔަސް އެނގޭއެއްޗެއް ނުވާކަންވެސް
ވަނައިގައިއެކި ވަޒަންކޮށްލަން ތުރާލެއްނެތި އެނގުނު ކަމެކޭ
ނަސޭހަތް މީހުނަށް ދޭންވެސް ކުފޫހަމަ ބަޔަކު މަދުކަންވެސް
ފަސޭހަކަމާއެކީ ދެނެގަނެ އެމީހުން ވަކި ވެވުނު ކަމެކޭ
ބިނާ ގައުމެއް ކުރާނަމަ ހެޔޮ މަގަށް މީހުން ލެނބޭ ގޮތުގައި
ބިނާކުރުމަށް ސަފުން ކަމުދާ އެކަކު ނެތްކަން އެނގުނު ކަމެކޭ
މަގަށް ޙައްޤުގެ އެޅުވި ފާޖިރު އަޅުން ދިނިގެން ސަލާމަތްވާ
މަގަށް ރުސުލުން އެޅުއްވެވިކަން، ނުދަނެތިބިކަން އެނގުނު ކަމެކޭ
އިހާއި މިހާރު ކަންހުރިގޮތް ނިފާޤު މުނާފިޤުން ދެނެގަނެ
ނިހާޔަތުގައި އަމިއްލަ އެދުން މިތާ އޮތްވަރު އެނގުނު ކަމެކޭ
