Support Us

ޒުވާނުންގެ ޝަކުވާތަކާއި ޝުޢޫރުތައް އަޑުއައްސާވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި

ޒުވާނުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކާއި ޝުޢޫރުތައް އަޑުއައްސަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު ފުރާވަޑައިގަތުމުގެ ކުރިން، ވެލާނާ އިންޓަރނޭޝަނަލް ވައިގެ ބަނދަރުގައި ދެއްވި ބަސްދީގަތުމެއްގައި އެމަނިކުފާނު ވަނީ، ޒުވާނުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ދެއްވާ އަހަންމިއްޔަތު ހާމަކުރައްވާފައެވެ.

އެމަނިކުފާނަށް އެންމެ މުހިންމީ، ރައްޔިތުން އެމަނިކުފާނަށް ކުރި އިތުބާރާއި ކުރެއްވި ހުވާކަމަށާއި، އެމަނިކުފާނުގެ މައްޗަށް ނުފޫޒު ފޯރުވޭނޭ އެއްވެސް ފަރާތެއް ނުހުންނާނޭ ކަމަށް މި މޭރުމުން ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ރައްޔިތުންގެ ކަންވޮޑުވުންތަކާއި ޝުޢޫރުތައް އަޑުއެއްސެވުމުގައި ފަސްޖެހިވަޑައިނުގަންނަވާނޭ ކަމަށާއި، އެ ކަންބޮޑުވުންތައް އަޑުއައްސަވާނީ ވެސް، އެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވެ ވަޑައިގަންނަވާނީވެސް، އަދި އެކަންކަމާ ގުޅޭ ފިޔަވަޅުތައް އަޅުއްވާނީވެސް ތަހުޒީބުކަމާ އެކުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބަސްދީގަތުމުގައި އެ އެމަނިކުފާނު ވަނީ، ޒުވާނުންގެ ކަންބޮޑުވުންތަކާއި ޖަޒުބާތުގެ ނާޖާއިޒު ފައިދާ ނަގައި، އެ ޝުޢޫރުތައް ބޭނުންކޮށްގެން ސިޔާސީ ގޮތުން ޤައުމުގައި ހަލަބޮލިކަން އުފައްދަން އުޅޭ ފަރާތްތަކަށް އެ ފުރުޞަތު ނުދިނުމަށް އިލްތިމާސްކުރައްވާފައެވެ. ފަރުދީ އަދި ޖަމާޢީ ފެންވަރުގައިވެސް ދިވެހީންނަށް މަސްލަޙަތު އޮތް ގޮތަކީ، ޤައުމުގައި ހަމަޖެހުން ޤާއިމުވެފައި އޮތުންކަން ހަނދާންކޮށްދެއްވަމުން، އެކަން ކަށަވަރުކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް ޒިންމާއެއް ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *