ޤާނޫނުތައް ތަންފީޒުކުރުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރައްވާ ކަމަށާއި ނުވެސް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ހަބަރު ހުސްވެފައި އޮތް ޒުވާން އަންހެން ކުއްޖަކު މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނިގެން ފަރުވާ ދެމުން އަންނައިރު، ކަމާ ގުޅުންހުރި ބައެއް މީހުން ހައްޔަރުނުކޮށް އަދި ބައެއް ގެތައް ފުލުހުން ފާސްކޮށްފައި ނެތީ ސިޔާސީ ކޮންމެވެސް ނުފޫޒު އޮވެގެން ކަމަށް ބުނެ މީސްމީޑިއާގައި ވާހަކަ ދެކެވެމުންދާ ދަނޑިވަޅެއްގައި އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
"ޤާނޫނު އަސާސީ އާއި ޤާނޫނުތައް ތަންފީޒުކުރުމުގައި، ޤާނޫނުގެ ވެރިކަން (ރޫލް އޮފް ލޯ) މި ޤަައުމުގައި ހިންގުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރަން ނުވަސް ކުރާނަން. އެ މީހެއްގެ ޙަސަބަކަށް، ނަސަބަކަށް، މަޤާމަކަށް، މުއްސަނދިކަަމަކަށް، ރަޙްމަތްތެރިކަމަކަށް، ޢާއިލީ ތިމާގެ ކަމަކަށް، ސިޔާސީ ފިކުރަކަށް، އަދި އެ ނޫންވެސް ކަމަކަށް ބަލާ، މިކަމުގައި ކުރާނެ ތަފާތު ކުރުމެއް ނުއޮންނާނެ!" ރައީސް ވިދާޅުވިއެވެ.




advertisment