އެއް ދުވަހަކު ހިންދޫ ދީނަށް ނިސްބަތްވާ ފިރިހެން ދަރިއަކު އޭނާގެ މަންމަގެ ގާތުގައި ސުވާލުތަކެއް ކުރަން ފެށިއެވެ. އިންޑިއާގެ މައިގަނޑު ކަންތައްތައް ކޮށްފައިވަނީ ހިންދޫ ދީނުގެ މީހުން ކަމަށް ހީވެގެންނެވެ.
ދަރިފުޅު: މަންމާއެވެ. ތާޖް މަހަލް ހާދަހާވާ ރީއްޗެވެ. އެއީ އަހަރެމެން ހިންދޫން އިމާރާތް ކުރި ތަނެއް ދޯއެވެ؟
މަންމަ: ނޫނެކޭ، މަގޭ ލޯތްބާއެވެ. އެ ތަން ހެދީ ރަސްގެފާނު ޝާހު ޖަހާންއެވެ. އޭނާއަކީ މުސްލިމެކެވެ.
ދަރިފުޅު: އެހެންތަ؟ އެންމެ ރަނގަޅެވެ. ހަމަ ޔަގީނުން ވެސް ގުތުބު މިނާރު އިމާރާތް ކުރީ އަހަރެމެން ދޯއެވެ؟
މަންމަ: ނޫނެކެވެ. އެ ތަން ވެސް އިމާރާތް ކުރީ މުސްލިމެކެވެ. އޭނާގެ ނަމަކީ ގުތުބުއްދީން އައިބަކްއެވެ.
ދަރިފުޅު: ދެން ރެޑް ފޯޓް އިމާރާތް ކުރީ އަހަރެމެން ދޯއެވެ؟
މަންމަ: ނޫނެކެވެ. އެ ތަން ވެސް އިމާރާތް ކުރީ މުސްލިމް ވެރިންނެވެ.
ދަރިފުޅު: ދެން އޯލްޑް ފޯޓް ކަމަށްވާ ޕުރާނާ ގިލާ ހެދީ އަހަރެމެން ދޯއެވެ؟
މަންމަ: ނޫނެކޭ، ލޯތްބާއެވެ. އެ ތަން ވެސް ހެދީ މުސްލިމުންނެވެ.
ދަރިފުޅު: މައްސަލައެއް ނެތެވެ. ޗަރްމިނަރް އިމާރާތް ކުރީ އަހަރެމެން ދޯއެވެ؟
މަންމަ: ނޫނެކެވެ. އެ ތަން ވެސް އިމާރާތް ކުރީ މުސްލިމް ވެރިންނެވެ.
ދަރިފުޅު: މަންމާއެވެ. އިންޑިއާއިން ފުރަތަމަ ފަހަރަށް މިސައިލެއް އުފެއްދި ވާހަކަ އަޑުއެހީމެވެ. އޭތި ހެދީ ހިންދޫ ވެރިން ދޯއެވެ؟
މަންމަ: ނޫނެކެވެ. އިންޑިއާގެ ފުރަތަމަ މިސައިލް ތަރައްގީ ކުރީ ތީބޫ ސުލްތޯންއެވެ. އޭނާއަކީ ވެސް މުސްލިމެކެވެ.
ދަރިފުޅު: މަންމާއެވެ. ގްރޭންޑް ޓްރަންކް ރޯޑްއަކީ އިންޑިއާގެ އެންމެ ދުވަސްވީ އަދި އެންމެ ދިގު މަގު ކަމަށް އަހަރެން އަޑުއެހީމެވެ. އެ މަގުގެ ދިގުމިން ގާތްގަނޑަކަށް 3،000 ކިލޯމީޓަރު ކަމަށް އަހަރެން އަޑުއެހީމެވެ. އެ ތަން ހެދީ އަހަރެމެން ދޯއެވެ؟
މަންމަ: ނޫނެކޭ، ލޯތްބާއެވެ. އެ މަގު ވެސް ހެދީ މުސްލިމް ވެރިއެކެވެ. އޭނާއަކީ ޝޭރު ޝާހު ސޫރީއެވެ.
ދަރިފުޅު: ދެން، މޮންގޯލުންނާ ހަނގުރާމަ ކުރީ އަހަރެމެން ދޯއެވެ؟
މަންމަ: ނޫނެކެވެ. މޮންގޯލުންނާ ހަނގުރާމަ ކުރީ އަލާއުއްދީން ހީލްޖީއެވެ. އޭނާއަށް އެ ހަނގުރާމަ ކާމިޔާބު ނުކުރެވުނު ނަމަ އިންޑިއާ ސުންނާފަތިވީހެވެ. އޭނާއަކީ ވެސް މުސްލިމެކެވެ.
ދަރިފުޅު: އެންމެ ރަނގަޅެވެ. މުގަލް ވެރިކަމަކީ އަހަރެމެންގެ ވެރިކަމެއް ދޯއެވެ؟
މަންމަ: ނޫނެކެވެ. މުގަލް ވެރިކަމަކީ މުސްލިމުންގެ ވެރިކަމެކެވެ.
ދަރިފުޅު: އެހެންވެއްޖެއްޔާ "ޖައި ހިންދު" މިއީ އެންމެ ފުރަތަމަ އަހަރެމެން ބޭނުންކުރި ލަފުޒެއް ދޯއެވެ؟
މަންމަ: ނޫނެކެވެ. އެ ވެސް އެންމެ ފުރަތަމަ ބުނީ މުސްލިމެކެވެ.
ދަރިފުޅު: އެހެންވީއިރު "ސާރޭ ޖަހާން ސެ އައްޗާ، ހިންދުސްތާން ހަމާރާ" މި ވާނީ އެންމެ ފުރަތަމަ އަހަރެމެން ކިއި އެއްޗަކަށް ދޯއެވެ؟
މަންމަ: ނޫނެކެވެ. އެ އިބާރާތް ފުރަތަމަ ލިޔުނީ މުސްލިމް ޅެންވެރިއެއް ކަމަށްވާ އައްލާމާ އިގުބާލްއެވެ.
ދަރިފުޅު: އެންމެ ރަނގަޅެވެ. އެންމެ ކުޑަމިނުން އިންޑިއާގެ ދިދަ އުފެއްދީ އަހަރެމެން ދޯއެވެ؟
މަންމަ: ތިޔައީ މުޅިއަކުން ތެދެއް ނޫނެވެ. އިންޑިއާ ދިދަ ފަރުމާ ކުރީ ޕިންގަލީ ވެންކައްޔަ ކަމަށް ވިޔަސް، ރަސްމީ ގޮތުން ބަލައިގަތީ ހައިދަރުއާބާދުގެ މުސްލިމް އަންހެން ކުއްޖެއްކަމަށްވާ ސުރައްޔާ ތައްޔަބްޖީ އަޕްޑޭޓް ކުރި ދިދައެވެ.
ދަރިފުޅު: ދެން ފުރަތަމަ ސެޓެލައިޓު އުދުއްސައިލީ އަހަރެމެން ދޯއޭ، މަންމާއެވެ؟
މަންމަ: ނޫނެކެވެ. އެތައް ސެޓެލައިޓެއް އުދުއްސައިލުމުގައި އިންޑިއާ ފޭލިވިއެވެ. ސެޓެލައިޓެއް ކާމިޔާބު ކަމާއެކު އުދުއްސައިލީ މުސްލިމެއް ކަމަށްވާ ޑރ. އޭ.ޕީ.ޖީ އަބްދުލްކަލާމްއެވެ. އޭނާގެ މަސައްކަތް ކާމިޔާބު ނުވި ނަމަ އިންޑިއާ ޖައްވަކަށް ނުފޯރީހެވެ.
ދަރިފުޅު: ދެން ނިއުކްލިއާ ހަތިޔާރު ހެދީ ހަމަ ގައިމު ވެސް އަހަރެމެން ދޯއެވެ؟
މަންމަ: ނޫނެކެވެ. އެ ވެސް ތަރައްގީ ކުރީ މުސްލިމެކެވެ. ޑރ. އޭ.ޕީ.ޖީ އަބްދުލްކަލާމްއެވެ. އޭނާ އެ ތަކެތި ތައްޔާރު ނުކުރި ނަމަ ޗައިނާ އާއި ޕާކިސްތާން އިންޑިއާއާމެދު ޖެހިލުމެއް ނުވާނެއެވެ.
ދަރިފުޅު: އެންމެ ކުޑަމިނުން އިނގިރޭސީންގެ އަތުން މިނިވަންކަން ހޯދަން މަސައްކަތް ކުރީ އަހަރެމެން ދޯއެވެ؟
މަންމަ: ނޫނެކެވެ. ފުރަތަމަ ދެކޮޅުވެރިކަން ފެށީ ތީބޫ ސުލްތޯންއެވެ.
ދަރިފުޅު: އެހެންވެއްޖެއްޔާ މުސްލިމުންނާ ދެކޮޅަށް އެހާ ބޮޑު ނަފުރަތާއި ސުވާލުތައް ކުރިމަތިކުރަނީ ކީއްވެ ހެއްޔެވެ؟ ގައުމީ ރޫހުގެ މާނައަކީ ކޮބައި ހެއްޔެވެ؟
މަންމަ: ދެން މި ވަގުތަށް ފުދިއްޖެއެވެ.
- ތަރުޖަމާއެއް



advertisment