ދިވެހި ގައުމަށް ނަޒަރު ކޮށްފައި ރޮވޭވަރުވޭ އަޑުންއަޑުލާ
ރިވެތިޚުލުޤެއް ސުލޫކެއް ނެތްކަމުން ގައުމުގެ މި ބިމު ހަރުލާ
އުޞޫލާ ރީތިހަމަ އިހުއޮތް މުލުންލުހި ނެތި އެކީ ގޮސްފައި
ޚުޞޫމަތު މީސްތަކުން ހިތުގައި ހުރީ މޫލާފަޔޭ ހަރުލާ
ހުތުރު ބަހުރުވަ ތަކުން ޑިގުރީ ނެތިއްޔާ މީހަކަށް ނުވުމުން
އުތުރު ދެކުނާ މެދުން ކަމަކަށް ބަލައިނުގަނޭ އެގޮތް ނުބަލާ
ތަނަށްއައި ކުރިއެރުން އެންމެންގެ ބޯ "ފޯމެޓް" އެކީ ކުރުމުން
ތަނަށް ފަނޑިޔާރުގެއެއް ބޭނުން ނުވޭ ހުކުމެއް ކުރަން ޢަދުލާ
ވަޠަނުގެ ސަލާމަތާ އަމަނަށް ވުރެން ފަރުދިއްޔަ ކަން އިސްކޮށް
ފަތަން މިނިވަން އެ އޮއިގަނޑުގައިވަނީ ޖެހިފައި އަމަނު ރެނދުލާ
ސުކޫލަށް ނުފޮނުވަތެ ދަރިޔަކު ވަޒީފާ ނޫން އެހެން ފިކުރަކު
ޙުކޫމަތު ކޮންޓުރޯލު އެދޭ ފަރާތްތައް ވަޢުދުގައި ހައްލާ
