Support Us

"ޕީ.އެސް.އާރް ޖޭ.1719-1438ބީ" ދައްކުވައިދޭ އޭ.އައި ކުރެހުމެއް

އަލިމަހެއް ކަހަލަ 2 ޕްލެނެޓް ފެނިއްޖެ

ޑައިމަންޑް ނުވަތަ އަލިމަހެއް ކަހަލަ ދެ ޕްލެނެޓް އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ ސައިންސްވެރިންނަށް ފެނިއްޖެއެވެ.

"ޕީ.އެސް.އާރް ޖޭ.1719-1438ބީ"ގެ ނަން ދީފައިވާ ޕްލެނެޓަކީ ބޮޑު އަލިމަހެއް ކަހަލަ ބިމެކެވެ.

ދެވަނަ ޕްލެނެޓް ކަމަށްވާ "55 ކެންކްރީ އީ"ގެ ނަން ދީފައިވާ ޕްލެނެޓްގައި މާސިންގާ ޑައިމަންޑެއްގެ ސިފަ ޖެހިފައި ނެތަސް އެ ބިމުގައި ގިނައިން ވަނީ އަލިމަސް ކަމަށް ނާސާއިން ބުންޏެވެ.

"ޕްލެނެޓްތަކުގައިވާ މައުދަންތަކާއި މާއްދާތަކާ ގުޅޭ ގޮތުން އަހަރެމެންނަށް އެނގިފައިވާ މައުލޫމާތުތަކަށް ގޮންޖަހާ ފަދަ ހޯދުމެއް މިއީ. އަދި މިއީ މި ކައުނުގެ ސިއްރުތަކާ ބެހޭ ގޮތުން ވެސް ތަފާތު ސުވާލުތައް އުފައްދާ ދެ ބިން،" ނާސާއިން ބުންޏެވެ.

"ޕީ.އެސް.އާރް ޖޭ.1719-1438ބީ" ދައްކުވައިދޭ ހިޔާލީ ކުރެހުމެއް

"ޕީ.އެސް.އާރް ޖޭ.1719-1438ބީ"އަކީ އަހަރެމެން މި އުޅޭ ދުނިޔެއަށްވުރެ ފަސް ގުނަ ބޮޑު ޕްލެނެޓެއް ކަމަށް ނާސާއިން ބުންޏެވެ. އަދި "55 ކެންކްރީ އީ"އަކީ އަހަރެމެންގެ މި ދުނިޔޭގެ ދެ ގުނަ ބޮޑު އަދި ނުވަ ގުނަ ބަރު ބިމެއް ކަމަށް ނާސާއިން ބުންޏެވެ.

"ޕީ.އެސް.އާރް ޖޭ.1719-1438ބީ"އަކީ އަހަރެމެން މި އުޅޭ ދުނިޔެއާ 3،914 އަލި އަހަރު ދުރުގައިވާ ބިމެކެވެ. "55 ކެންކްރީ އީ"އަކީ އަހަރެމެން މި އުޅޭ ދުނިޔެއާ 41 އަލި އަހަރު ދުރުގައިވާ ޕްލެނެޓެކެވެ. އަލި އަހަރަކީ އަހަރެއްގެ ތެރޭގައި އަލި ދަތުރުކުރާ ދުރުމިނެވެ. އަލި ސިކުންތަކު 186،000 މޭލު ދުރުމިނަށް ދަތުރުކުރެއެވެ.

"ސްޕޭސް (ޖައްވު)އަކީ އަޖައިބުން ފުރިފައިވާ ތަނެއް. ސައިންސްވެރިންނަށް އިތުރު އެއްޗެއްސާއި ކަންތައްތައް ހޯދެމުން އަދިވެސް އަންނަނީ،" ނާސާއިން ބުންޏެވެ.

"ޕީ.އެސް.އާރް ޖޭ.1719-1438ބީ"އަކީ އެއް އިރެއްގައި އަހަރެމެންގެ އިރު ކަހަލަ ތަރިއެއް ކަމަށް ސައިންސްވެރިން ބުންޏެވެ. އޭގެ ކައިރީގައިވާ ނިއުޓްރޮން ތަރިއަކުން މި އަލިމަސް ޕްލެނެޓްގެ ބޭރު ފަށަލަ ނޮޅައިލުމުން އެ ތަރީގެ އެތެރޭގައިވާ ކާބަން މާއްދާ އެކަނި ސަލާމަތްވީއެވެ. ދެން އެތައް ދުވަހެއްގެ ޕްރެޝަރަށް ހުށަހެޅުމުން މި ކާބަންގަނޑު އަލިމަސްގަނޑަކަށް ބަދަލުވީ ކަމަށް ސައިންސްވެރިން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *