ބަލަން ޓީވީތަކުން ވީހޭ؟ ތިބެން ގައުމެއް ފަނާވާއިރު
ފަލަސްޠީނީން ހިތަށްވާ ތަދު އަހުރެމެންނަށް ވަޒަން ވާއިރު
މައިންބަފައިން ފިރިންނާ އަނބިދަރީން އެކުގައި މަރައިލާއިރު
ނައިސް ނުމެދާނެ ހިތްދަތިކަން ދެކޭ ޚަބަރުން ބަޔާން ވާއިރު
ޢުމުރު ދުހު ބުރަ މަސައްކަތްކޮށް ބިނާކުރި ގެދޮރު ނެތި ދާއިރު
ދުމުން ޣައްޒާ ތެރޭ ފުރުމުން ނުލެވި ނޭވާ ހަނާ ވާއިރު
ހިތާ މޭ ތެޅިފޮޅޭ ނާމާންވި ބިރުވެރިވި ކަންމަތީ ތިބިއިރު
ހިތާމައިގައި އެތާ ހަތްދިހަ އަހަރު ތިބެގެން ހަނާވާއިރު
އަޅަން ހެޔޮވެސް ނުވާވަރު ބިޔަ ބޮމާއި މިސައިލު އޮއްސާއިރު
އަޅައި ޣައްޒާ ފަނާކުރުމުން ކުރާނެ އަސަރު ބަޔާންވާއިރު
މިހައި ނިކަމެތި ކަމާއެކުގައި ބަޔަކު އުންމަތުގެ ގިސްލާއިރު
ކިހައި ދުވަހެއް ނަގާނެތަ؟ އަޑު އެހުން ވާޖިބު ވެގެން ވާއިރު
ޢަދަދުގެ ގޮތުން މިއުންމަތުގައި މިހައި ގިނަ މީސްތަކުން ވީއިރު
މަދަދުވެސް ފޯރުކޮށް ނުދެވޭ ފެނަށްޖެހި މަރުވެ ހުސްވާއިރު
