ރާގު: ތެރީ އާންކު ކާޖޯ އިޝާރާ ނަހޯތާ…
ނަބިއްޔާގެ މާތްވީ ކަރާމާތް ތަކޭމީ
އެރޭ ފާޅުވީ އެކި ޢަލާމާތް ތަކޭމީ
ނަބިއްޔާގެ މާތްވީ ކަރާމާތް ތަކޭމީ
އެރޭ ފާޅުވީ އެކި ޢަލާމާތް ތަކޭމީ
***
އިތުރު އާމިނަތު ދެކެވަޑައިގަތް އެނޫރުން
ވިދާއަލިވެ ބުޝްރާގެ ހުރިހައި ޤުޞޫރުން
ވަޑައިގަތެ އިތުރު މާތް ސުވަރުގޭގެ ހޫރުން
އެރޭ ފާޅުވީހައި ޢަލާމާތް ތަކޭމީ
ނަބިއްޔާގެ މާތްވީ ކަރާމާތް ތަކޭމީ
އަޅައި ރެނދު އިރުނެ ގަދަ އެ އީވާނު ކިސްރާ
ނިވުނެ ފާރިސީ ހުޅުގަނޑާ އޭގެ އަނގުރާ
އެހިނގި ކަންތަކާމެދު ސަޠީޙުގެ އެ ޚަބަރާ
އެރޭ ފާޅުވީހައި ޢަލާމާތް ތަކޭމީ
ނަބިއްޔާގެ މާތްވީ ކަރާމާތް ތަކޭމީ
ޢަޖާއިބު ތެރޭގައި ހިނދުނެ ކޯރު ސާވަތު
ކަނޑައިގެން ބިމަށްގޮސް އޮބައިލައި ސަމާވަތު
އަލުން ފާޅުވާތީ އިލާހީ ރިސާލަތު
އެރޭ ފާޅުވީހައި ޢަލާމާތް ތަކޭމީ
ނަބިއްޔާގެ މާތްވީ ކަރާމާތް ތަކޭމީ
