ރަޙުމަތުގެ ދޮރުކޮޅުތަކުގެ ތަޅު ހުޅުވެޔޭ މާތް މައްސަރުން
ވަހުމުތައް ޝައްކާ ހިތުން ނެރެ ކޮށްދެޔޭ އަލި ނޫރަކުން
މީސްތަކުން ހައިހޫނުގައި ޖެހުމުން ލިބޭނޭ ވޭންތަކާ
މީސްތަކުންގެ ހިތާމަޔާ އިޙްސާސްތަކާ ދޭ ދަސްވަމުން
އާންމު މައްސަރުތަކުގެ ޣަފްލަތު ދާކަމުން ނަމަވެސްފިލައި
ދާންތަކުން މައިބަދަ ދުރަށްލައި ޚާއްޞަ ކުރެޔޭ އަޅުތަކުން
ޙަސަދަޔާ ނަފުރަތުގެ ކަޅުކަން ބޭރުކޮށްލެވި ހިތްތަކުން
ނަސަބު ޙަސަބާ ގާތްގުޅުންތައް ބަދަހިކޮށްދޭ ގުޅުވަމުން
ފަޅިވަރެއް ކަދުރެއްގެ ދިއްކޮށް ލެވުނުނަމަވެސް ހެޔޮހިތުން
ކަޅިދެ ހުއްޓި ބިރުންވިރޭ ދުހު މުއްތި ވެދެތޭ ބިރުތަކުން
ފާފަޔާ ކުށްތައް އެކީގައި ވޭ ޢަފޫ ހިފި ރޯދައިން
ޖާފަތެއް ދިނުމަށް ވުރެން ބޮޑު ދަރުމަވޭ އެއް ކޯވަރުން
"شَهْرُ رَمَضَانَ الَّذِيْ أُنْزِلَ" މި ކީރިތި އާޔަތުން
ފަހުމުވާ މަތިވެރި ޙުކުމްފުޅު ދިރުވަޔޭ މުއުމިނު ތަކުން