ވެހޭ ވާރޭ މި މޫސުމުގައި ފަހުން ބޯން ފެން ނަގަންވާނޭ
ކެހޭއިރު ބޯމަތިން ފުސްގަނޑު ފެނުން ތާނގީ ފުރަންވާނޭ
ދެއިރު އެ ފެނުން ދަނޑަށް ފެންދީ ގަހާގެހި ރޯކުރާ މީހާ
އެއިން ކޮއްތާއި ނާސްތާ ނެރެ ނުދެކި ހައިހޫނު އުޅެވޭނޭ
އިރުންދޭ ހޫނުއަވި ނާރައި ހިޔާ ގަސްގަހުގެ ހޯދަން އެދި
ދިރުން ލިބުމަށްޓަކައި ރުއްގަސް ރުވައި ފެންދީ ހަދަންވާނޭ
ޚަރީފީ މޫސުމުގެ ކެކުޅުންތަކާ ގިނިހޫނު ނުލިބޭތޯ
ޒަރީޢާއިން ޒިރާޢީ ލާބަޔާ ނަފަޔާ ނެރެންވާނޭ
ގޮވާންގަސްތަކުގެ ފެހިކަންކެނޑި އެކީ ގަސްތައް މަރުވެ ނުދަނީސް ގޮވާމުން ލާބަ ނެރުމަށް ގަދައަޅައި ހިތްވަރު ކުރަންވާނޭ
އަރައި ދޮންކުލަ ގަހުގެފަތްތައް ހިކޭތަން ފެނި ޔަގީންވާންދެން
ހަރައިގެން ފޫ ބިމަށް އިންނަމަ ނަފާ ދަނޑުފަނގުގެ ނުލިބޭނޭ
ވަގުތު ފާއިތުވެގެން ނުދަނީސް މިފެން މޫސުމުގެ ހެޔޮ މަންފާ
އަގުން ކުޑަތަންފުކެއްވެސް އުނިނުކޮށް ހޯދައި ނެރެންވާނޭ