Support Us

މާލޭ މިސްކިތެއްގެ ފަންކާ ވަގަށް ގެންދާތަން ފެންނަ ވީޑިއޯއެއް

މާލޭގެ މިސްކިތެއްގައި ހުރި ފަންކާއެއް، ޒުވާނަކު ވަގަށް ގެންދާތަން ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދަރުވަމުން އެބަދެއެވެ.

އެ ވީޑިއޯގައި ފެންނަނީ އިމާމާ އަށް ފިނިކުރަން ބަހައްޓާފައި ހުރި ބޮކްސް ފޭނެއް، ކަކުލާ ހަމައަށް ފައިކުރި އޮޅައި، މާސްކް އަޅައިގެން ހުރި ޒުވާނަކު މިސްކިތަށް އަރައި، ދެފަރާތް ބަލައިލައިފައި، ކަރަންޓު ވާގަނޑު ލުއްސާލައިގެން ހިފައިގެން އަވަސްއަވަހަށް ފައިބާތަނެވެ. އޭރު މިސްކިތުގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

ކުރީގެ އިންޖީނުގޭ ކައިރީގައި ހުންނަ، ސަލާހުއްދީން މިސްކިތުގެ ފަންކާ ވަގަށް ނަގައިފައިވަނީ އިއްޔެ ހެނދުނުއެެވެ.

Miskithun fanka vagah gendhanee

Posted by Ahmed Munawwar on Sunday, August 30, 2020

މިސްކިތުގެ ސީ.ސީ ކެމެރާ އިން އެތަން ރެކޯޑްވާ ކަމެއް އެ ޒުވާނާއަކަށް ނޭނގެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *