ތަޤްވާގެ މަތިވެރި ސިފަތަކުން ވެވެޔޭ ޖަރީ ހަނދު ފެނިލުމުން
މަގުގައި ޞިރާޠުލް މުސްތަޤީމް ފައިތިލަ ޤަރާރު ވެވޭ ކަމުން
ތެދުވެރި ނުވެވި ނަފުސަށް އަދާ ނުވެވޭ މިމަތިވެރި އަޅުކަމުން
އެދުމަށް ހަވާނަފުސުގެ އިޖާބަ ނުދީ އުޅެން ދަސްވާކަމުން
ހުވަފެން ދެކޭހައި ހިނދުކޮޅެއްކަން ދުނިޔެއީ ދެނެގަނެވިފައި
ދުވަމުން ދުނިޔެ ފަހަތުން ދިއުން ދަހިވެތި ވުމެއްކަން ވިސްނުމުން
ވެއްޓާ، އުޅޭ، ތަނުގައި ބުރާ ހިރަފުސް ގަޔާ ހެދުމަށް ބުރަައި
ދެއްޔަށް ވުރެން ކުލަ ކަޅުވެދާ ހުރިހައި ކަމެއް ވަކިވާ ކަމުން
އަމަލަން ލަފާ ހިތްލެނބި ޚުލުޤު މަތިވެރިވެދާ ސިފަޔަށް ރިވެތި
ރަމަތަވެ ހިތާ ނަފުސާ ހިމޭން ސީދާމަގަށް ވެވިދާ ކަމުން
ރޯދައިގެ އަޅުކަން ދޫނުކޮށް ފުރިހަމަ ކުރަން ދަހިވެތިމެ ވެވި
ހޯދަން އެފައިދާ ދަރުމައިން އުޅެވޭ މި މަތިވެރި މޫސުމުުން
ޖިސްމާ ފުރާނަ ތޮހުރު ވެފައި ކުނި ބުނި ތަކުން ދޮވެވޭ ކަމުން
ވިސްނުން ފަސާދަ ކުރާ ނުބައި ސައިތާނުތައް ބަލިކޮށްލުމުން