Support Us

ޕެރިޝަބަލް މުދާ ދޫކުރަން މާދަމާ އެމް.ޕީ.އެލް ހުޅުވާނެ

ރޯދަ މަހަށް އެތެރެކޮށްފައި މާލޭ ބަނދަރުގައި ހުރި ޕެރިޝަބަލް މުދާ ދޫކުރުމުގެ މަސައްކަތް، ހުކުރު ދުވަހަކަށް ވިޔަސް، މާދަމާ ކުރިއަށްގެންދާނެ ކަމަށް އެމް.ޕީ.އެލް އިން ބުނެފިއެވެ.

އެމް.ޕީ.އެލްގެ ބަޔާނެއްގައި މިރޭ ބުނީ "ހުކުރު ދުވަހަކީ ޕޯޓްގެ ރަސްމީ ބަންދު ދުވަހަށް ވިޔަސް، ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ރާއްޖެއަށް އެތެރެކޮޮށްފައިވާ ޕެރިޝަބަލް މުދާ (ކާބޯތަކެތި) ކަސްޓަމަރުންނަށް ވީ އެންމެ އަވަހަށް ފޯރުކޮށްދިނުމަށް ހަމަޖެއްސި ޚާއްސަ އިންތިޒާމެއްގެ ދަށުން" މާދަމާ މުދާ ދޫކުރުމުގެ ޚިދުމަތް ދިނުމަށް ހަމަޖައްސައިފައިވާ ކަމަށެވެ.

ޕެރިޝަބަލް މުދާ މާދަމާ ދޫކުރުމަށް ހަމަޖެހިފައި ވަނީ މެންދުރުފަހު 2.30 އިން ރޭގަނޑު 10 އަށެވެ.

ކަލަންޑަރުގައިވާ ގޮތުން އަންނަ ހޮނިހިރަކީ މުލަރޯދަ ދުވަހެވެ.

ރަސްމީކޮށް ހަނދު ސާބިތުކުރުން އޮންނާނީ މާދަމާރެއެވެ.