ޗިލީގެ އައްސޭރިފަށުގައި ކަޔަކް ކުރަނިކޮށް ބޮޑުމަހެއް ކަޔަކް އާއި ކަޔަކް ކުރަންއިން މީހާ ދިރުވާ ނުލީ ކިރިޔާއެވެ.
އޭޑްރިއަން ސައިމޭންކަސް ކުޑަ ހިނދުކޮޅަކަށް ހަމްބެކް ބާވަތުގެ ބޮޑުމަހުގެ އަނގައަށް ވަދެވޭ މަންޒަރު އޭނާގެ ބައްޕަ ޑެލްއަށްވަނީ ވީޑިއޯކުރެވިފައެވެ.
ސިކުންތުކޮޅަކަށް ފަހު ބޮޑުމަސް ވަނީ އޭޑްރިއަން އެ ސޮރުގެ އަނގައިން ބޭރުކޮށްލައިފައެވެ.
"އަހަރެން ހީކުރީ އަހަރެން މަރުވާނެ ކަމަށް. އަހަރެން ހީކުރީ ބޮޑުމަސް އަހަރަން ދިރުވާލީ ކަމަށް،" އޭޑްރިއަން އެސޯސިއޭޓަޑް ޕްރެސްއަށް ބުންޏެވެ.
އޭޑްރިއަން ބުނީ އެއީ "ބިރުވެރި" ވަގުތުކޮޅެއް ކަމަށާއި ސަލާމަތްވިތަނާ އަސްލު ބިރުގަތީ އޭނާގެ ބައްޕަ ވެސް ދިރުވާލަފާނެތީ ކަމަށެވެ.
ފިނިކަނޑުގައި ގަނޑުވެގެން މަރުވެދާނެ ކަމަށް ހިތަށް އެރިކަމަށް ވެސް އޭޑްރިއަން ބުންޏެވެ.
ޑެލް ބުނީ މި ބިރުވެރި ތަޖުރިބާ ކުރަމުން ދިޔަ އިރުވެސް، އަމިއްލަ ސަލާމަތަށް ސަމާލުވުމުގެ އިތުރުން، ދަރިފުޅަށް ހިތްވަރު ދެމުން ދިޔަ ކަމަށެވެ.
"ބޮޑުމަހުގެ އަނގައިން ބޭރުކޮށްލުމުން އަހަރެން ހީކުރީ ބައްޕައަށް ވެސް ނުރައްކާވެދާނެ ކަމަށް. އަދި އެއްގަމަށް ވަގުތުން ނުދެވޭނެ ކަމަށާއި ހައިޕޮތަމިއާގައި މަރުވެދާނެ ކަމަށް ހީވި،" އޭޑްރިއަން ކިޔައިދިނެވެ.
ހައިޕޮތަމިއާއަކީ އިންސާނާގެ ހަށިގަނޑުގެ ހޫނުމިން ދަށަށް ގޮސް މަރުވުމެވެ.



advertisment