Support Us

ޕަވާ ބޭންކްގައި ރޯވުމުން އެއާ ބޫސާންގެ ފްލައިޓް އަނދާފައި

އޯވަހެޑް ކެބިންއަށް ލައި ލަގެޖަށް ޕަވާ ބޭންކް ލުން މަނާކޮށްފި

އޯވަހެޑް ކެބިން ލަގެޖަށް ޕަވާ ބޭންކް ލުން މަނާކުރި ފުރަތަމަ އެއާލައިނަށް ދެކުނު ކޮރެއާގެ އެއާ ބޫސާން ވެއްޖެއެވެ. މިހާރު ހެދި ގަވައިދުގައިވާ ގޮތުން ޕަވާ ބޭންކް ލައިފައިވާ ލަގެޖް ބަހައްޓަން ޖެހޭނީ ސީޓު ދަށުގައެވެ.

މި ގޮތަށް ގަވައިދު ބަދަލުކުރީ އޯވަހެޑް ކެބިންގައި ބެހެއްޓި ލަގެޖެއްގައި އޮތް ޕަވާ ބޭންކެއް ހޫނުގަދަވެގެން އަލިފާން ހިފައި، އެއާ ބޫސާން ފްލައިޓެއް މި ދިޔަ ހަފުތާގައި އެނދުމުންނެވެ. ހޮންކޮންގަށް ނައްޓައިލަން އޮތް ފްލައިޓުގައި ތިބި ފަސިންޖަރުންގެ ފުރާނައަށް ނުރައްކާ ވުމުގެ ކުރިން ރަންވޭ މަތީގައި މަތިންދާބޯޓު އޮއްވާ ހުރިހާ ފަސިންޖަރުން ބޭލިއެވެ.

ޗެކް-އިން ކުރާ ލަގެޖަށް ޕަވާ ބޭންކް ލުމަކީ އެއާލައިންތަކުގައި އަބަދުވެސް މަނާކަމެކެވެ. އޭގެ ބަދަލުގައި އެއާލައިންތަކުން ހަމަޖައްސައިފައި އޮންނަނީ އޯވަހެޑް ކެބިންގައި ނުވަަތަ ސީޓު ދަށުގައި ބަހައްޓާ ލަގެޖަށް ޕަވާ ބޭންކް ލައި ގޮތަށެވެ.

ލިތިއަމް މާއްދާ ހިމެނޭ ބެޓެރިއަކީ ހަކަތަ އިއާދަކުރެވޭ ބެޓެރިއެކެވެ. މި ފަދަ ބެޓެރި ހުންނަނީ ޕަވާ ބޭންކް، ލެޕްޓޮޕް ކޮމްޕިއުޓަރު، މޮބައިލް ފޯން، ޓެބްލެޓް އަދި އިލެކްޓްރޯނިކް ސިނގެރެޓުގައެވެ. ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ މިންގަނޑުތަކުގައިވާ ގޮތުން މި ފަދަ ބެޓެރި ޗެކް-އިންކުރާ ލަގެޖަށް ލައިގެން ނުވާނެއެވެ. ސަބަބަކީ ގެއްލުމެއް ލިބިގެން ނުވަތަ އުފެއްދުމުގައި މައްސަލައެއް ހުރެގެން، ޝޯޓްސާކިޓެއްވެ، އަލިފާން ހިފައިފާނެތީއެވެ.

މި ފަދަ އަލިފާންތައް ނިއްވުމަށް ފަޔާ އެކްސްޓިންގުއިޝާ، ތާމަލް ކޮންޓެއިންމަންޓް ފޮށި ނުވަތަ ދަބަސް ބޭނުންކޮށްގެން މައްސަލަ ޖެހޭ އާލާތްތައް ވަކިކޮށްލައެވެ.

ޕަވާ ބޭންކް ހާދިސާއާ ގުޅިގެން ދެކުނު ކޮރެއާގައި ވަނީ ތަހުގީގެއް ފަށައިފައެވެ.

"ގައުމުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމުގެ ރައްކާތެރިކަމަށް އަލުން އިތުބާރު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްކުރާނެ،" ބިމާއި އިންފްރާސްޓްރަކްޗަރާއި ދަތުރުފަތުރާ ބެހޭ ވަޒީރު ބައެކް ވޮން-ކުކް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *