Support Us

ދުނިޔޭގައި ޖެހިދާނެ ފުރުސަތު އޮތް ގިނިހިލަ "2024 ވައި.އާރް.4"

330 ފޫޓުގެ ގިނިހިލައެއް ދުނިޔޭގައި ޖެހިދާނެ

އަލަށް ފެނުނު، ބޮޑު މިނުގައި 330 ފޫޓު ހުރި ގިނިހިލައެއް، 2032 ގެ ޑިސެމްބަރު 22 ގައި ދުނިޔޭގައި ޖެހިދާނެކަމުގެ ބިރު އޮތް ކަމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ބުނެފިއެވެ.

މި ދިޔަ ޑިސެމްބަރު މަހު 25 ގައި ދުނިޔެއާ ވަރަށް ކައިރިވި "2024 ވައި.އާރް.4″ ގެ ނަން ދީފައިވާ ގިނިހިލަ ނުވަތަ "އެސްޓެރޮއިޑް" ދުނިޔެއަށް ވެއްޓުމުގެ ފުރުސަތު އެއް ޕަސެންޓަށްވުރެ މަތި ކަމަށް އެ އިދާރާއިން ބުންޏެވެ. އަދި މިހެންވެ މިއީ ސަމާލުކަން ދޭން ޖެހޭ ކަމެއް ކަމަށް ނާސާއިން ބުންޏެވެ.

"އަހަރެމެން މި ތިބީ މި އެސްޓެރޮއިޑް ދުނިޔެއާ މުޑިނާރާނެ ކަމަށް ބެލެވޭ 99 ޕަސެންޓަށް ބަރޯސާކޮށްގެން،" ދުނިޔެއާ ކައިރިވާ ގިނިހިލަތައް ދިރާސާކުރާ ނާސާގެ މަރުކަޒު ކަމަށްވާ ސެންޓާ ފޮ ނިއާ އާތު އޮބްޖެކްޓް ސްޓަޑީޒްގެ ޑިރެކްޓަރު ޕޯލް ކޯޑަސް ވިދާޅުވިއެވެ.

ޗިލީގައި ހުރި ޓެލެސްކޯޕަކަށް އެންމެ ފުރަތަމަ ފެނުނު މި ގިނިހިލަ މިހާރު ދަނީ ދުނިޔެއާ ދުރަށެވެ. އެއީ އިރުގެ ވަށައިގެން ޖަހާ ބުރުގައެވެ.

"މިހެންވެ ކުރިއަށް އޮތް މަސްތަކުގައި މި ގިނިހިލަ ދުނިޔެއަކަށް ނުފެންނާނެ. ދެން ފެންނާނީ 2028 ގައި،" ޔޫރަޕްގެ ޖައްވީ އިދާރާ ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީ.އެސް.އޭ)އިން ބުންޏެވެ.

މި ދިޔަ ޑިސެމްބަރު މަހު މި ގިނިހިލަ ވަނީ ދުނިޔެއާ 500،000 މޭލު ގާތްވެފައެވެ. އެއީ ހަނދާ ދެ ގުނަ ދުރުމިނެކެވެ.

އީ.އެސް.އޭއިން ބުނީ ކޮންމެ ހާސް އަހަރަކު މި ބޮޑުމިނުގެ ގިނިހިލައެއް ދުނިޔޭގައި ޖެހޭ ކަމަށެވެ. އަދި އެ ކަމުން ބޮޑެތި ގެއްލުންތައް ވެސް ލިބިފައިވާ ކަމަށެވެ.

"މިހެންވެ، 2024 ވައި.އާރް.4 ގިނިހިލައަކީ އެންމެ ނުރައްކާތެރި ގިނިހިލަތަކުގެ ލިސްޓުގެ އެންމެ ކުރިއަށް މި ވަގުތު ލައިފައިވާ ގިނިހިލަ،" އީ.އެސް.އޭއިން ބުންޏެވެ.

އެ އިދާރާއިން ބުނީ 2032 ގައި މި ގިނިހިލަ ދުނިޔެއަށް ވެއްޓުމުގެ ފުރުސަތު އޮތަސް ވެއްޓޭނީ ކޮން ސަރަހައްދަކަށްކަން އަދި ލަފާނުކުރެވޭ ކަމަށެވެ.

"މި ވަގުތު ދެވެން އޮތް ރަނގަޅު ހަބަރަކީ މި ސައިޒުގެ ގިނިހިލައެއް މި ވަގުތު ދުނިޔެއަށް ވެއްޓިދާނުކަމުގެ އެއް ޕަސެންޓަށްވުރެ ބޮޑު ފުރުސަތެއް ނެތްކަން،" ނާސާއިން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް