ހަލާކުވެ ގިނަ ބަޔަކު އެދަނީ މުދަލުގެ އެދުން ތަކާހުރެޔޭ
ފަލާޙުގެ ނިޢުމަތުން މަޙުރޫމު ވެސް އެވަނީ އެއާ ހުރެޔޭ
ލިބޭނަމަ މިންވަރެެއް ފައިސާގެ ކުށަކަށްބޮޑު އަރައިގެންވެސް
ތިބޭން ފުރުޞަތު ނުވާ ދުނިޔޭގެ އެދުމަށް ހެއްލެވޭ ތީޔޭ
ޓެކުން ފޭރުން ނުވަތަ ވައްކަން ނުވަތަ ނަފުސެއް މަރައިގެންވެސް
ރެކުން ދުވަހަކު ބޮޑު ފާފަޔަށް ވަރިހަމަ ވެވޭތީޔޭ
ނަފާޔަށް ދުނިވީ އެދިގެން ހިފައި ރިޝްވަރު މުދާ އެދިގެން
ތަފާތު ޙަރާން ކުށަށް ހުށަހޮޅި ދުނިޔެ ހޯދަން އުޅޭތީޔޭ
ރިބާ ފަދަ ކަންކަމާ އައު ބާވަތުގެ އަނިޔާ އިތުރު ދިނުމާ
ޢިބާރާތް ރީތި ނަންނަމުގައި ޢަހުދުތައް ދޮގު ކުރާތީޔޭ
ސަފުން މީހުންގެ ޙައްޤުތަކަށް އަރައިގަނެގެން ވިޔަސް ނަފައެއް
ކަފުނުގައި ނުލެވެނީސް އޮތް ލިބޭން ހޯދަން އުޅޭތީޔޭ
ފޮތާ ސުންނަތުގެމަގު އެނގިހުރެ އެއަށަފަރުވާ ބެހެެެއްޓުންނެތި
ގޮތާމެދު އުޅެވެމުންދާ ވިސްނުމެއް ހިނގައި ނުލާތީޔޭ
