
ބަޠަލެއް އެއީ މިލޮބުވެތި، އުންމަތުގެ ބިންމަތީ
ވަޠަނަށްޓަކައި ޝަހީދުވި، އައުދާނަކަންމަތީ
ފަހުމީހަކަށް ވިޔަސްހެޔޮ، ނުދިނުން އަމާން އޮތީ
އިހުކާބަފައިންގެ ޢަޒްމާ، ޖޯޝުންވި ފަސްމަތީ
ގަންނާކުރެއްވި ބިރަކުން، ނުސިހޭނެ ގޮތް މަތީން
ފުންމައިގަތޭ އެއޮތް ބޮޑު،ލަޝްކަރުގެކުރިމަތީ
ޖެހި އުންޑައެއްގެ ޒަޚުމުން، ލޭފޮދު އޮހޮރިގަތީ
އެހިނދުން ވެގެން ޝަހީދޭ، ބިމުގާ ސިޔާދަތީ
ފަސްދާނުވެޑުވި ތާނގާ، ބިސްތާނު އަދުއޮތީ
ޖިސްމެއް ފިސާރި ޤައުމީ، ލޯބީގެ ރަންމުތީ
ޢަލި ރަސްގެފާނު ނަންފުޅު،އަބަދަށްމި ބިންމަތީ
އަލިކޮށްދެނީ އެ ކޮންފަދަ، ޒިކްރާހެ ޚިދުމަތީ
އަލިވާ ހިނދުންމި، ޝަޢުބާން އިޢުލާނު ކޮށްދެނީ
އަލި ރަސްގެފާނު ޛިކްރާ، ގައުމުން ވިދާމުތީ
