ވިމާތް އިސްރާގެ ޒިކުރާއިން ނަބިއްޔާ ޚާއްޞަ ވެވިގެންވީ
ވިމާތް ދެޙަރަމް ދެމެދު ހިންގެވި ދަތުރުފުޅު މައްސަރުން އާވީ
އިލާހީ ހެކިތަކެއް ދެއްކެވި ރެއެއް ކަމުގައި އެ މާތްރޭވީ
ފިލާވަޅު ޢިބުރަތުން ފުރިގެން ނަބިއްޔާޔަށް އެރޭ ލެއްވީ
ހިލާލުގެ ހަނދުފަދަވެ ނޫރުން ޔަޤީނުގެ މޫނުފުޅު އަލިވީ
ޔަޤީން ކަށަވަރު ކުރާންވީ ހިނދު ޤުރައިޝީ ގާފިލާ ހެކިވީ
ޙަޤީޤަތް ސާފު ވީވީހެން ނިފާޤުން މީސްތަކުން ދުރުވީ
ޢަޤީދާ މުސްލިމުންގެ ވަކީން އެހިނދު ވަރުގަދަ ވެފައިއެވަނީ
ޢަޒާބުގެ ބާވަތުން އެކިއެކި މިސާލޭ ކަޝްފު ވެވިފައިވީ
ޝަޒާޔާ ނިޢުމަތޭ ސުވަރުގެ ތަކުން ތަޝްރީފުގައި ދެއްވީ
ފަޒާގައި ލެއްވި ތަކެތީން ހެކިތަކޭ ރައްބީގެ ކަށަވަރުވީ
