ބޭނުން ވެގެން ބެލިއިރު ލިޔުނު ތާރީޚަކުން ކަމުނުފޮޅިޔޭ
ވޭނުން އެކަމުގެ ތަދާ ރިހުން ގަދަޔަށް ހިތަށް ފޯރައިމެޔޭ
ތާރީޚަކީ ކަންފަތުގެ "މުދި" ކަމުގައިހަދައި ލިޔެހެދިޔަކަސް
ތާރީޚު އެކަމަށް ލޯމަރައި ގައުމުގެ އިމަށް ލޯކަނުވިޔޭ
ތަނަވަސް އެތައް ދީބެއްމަތީ އޮތް ބާރަހާސްރަށް ނުލިޔެ އޮތް
ވަނަވަރުތަކަށް ރަސްރަސްކަލުން ތަފްޞީލުވީ ހިމަނާފަޔޭ
ކޮލޮނައިޒް ކޮށްފައި އޮތް ކަމަކު ދިވެހީންގެ އަތުއޮތް ފޯޅަވަހި
ކޮލޮނައިޒް ކުރުމަށްވުރެ ކުރީން އޮތްގޮތް ފޮތަކު ލިޔެނުލެވެޔޭ
މަލިކަށް ވިގޮތް އަނބުރައި އިޢާދަ ނުވާނެގޮތް ހޯދާން ވެގެން
އަލިކަން އެއަށް ތާރީޚަކުން ދިވެހީން ލިޔުނު ނުމެފޯރިޔޭ
ގައުމަށް ލިބުނު ގެއްލުންތަކުގެ މުލުގައި ދިވެހި ޚާއިނު ބަޔަކު
ފައުޅުވެ އެނގޭން ތިބިހެން، މިއަދުވެސް ތިބިކަމުގެ ކުލަ ދައްކަޔޭ
ބޭރުގެ ފޮތެއް ހޯދައިނުލައި ދިވެހީންގެ ކަންކަން ނޭނގުމުން
ރޭރުވެ ފަޟީޙަތް ވާންޖެހުން ތަކުރާރު ނުވެއެއް ނުމެދެޔޭ