Support Us

އެސްޓީއޯގެ ޑިޖިޓަލް ކަލަންޑަރު އަޕްޑޭޓްތަކާއެކު 2025 ގައި ވެސް ބޭނުންކުރެވޭނެ

އެސްޓީއޯގެ ޑިޖިޓަލް ކަލަންޑަރު އަޕްޑޭޓްތަކާއެކު 2025 ގައި ވެސް ބޭނުންކުރެވޭ ގޮތް ހަދައިފިއެވެ.

"އެސްޓީއޯ އިން ވިޔަފާރީގަޔާއި ކުންފުނީގެ އާންމު ހިންގުމުގައި ގެންގުޅޭ ސަސްޓެއިނަބިލިޓީ، އިނޮވޭޝަން އަދި ޑިޖިޓަލް ޓްރާންސްފޯމަޝަން ވިސްނުމުގެ ދަށުން، 2024 ވަނަ އަހަރު ތައާރަފްކުރެވުނު އޮފީސް މޭޒުތަކާއި ގޭތެރޭގައި ބެހެއްޓުމަށްވެސް މަގުބޫލު 'އެސްޓީއޯ ޑިޖިޓަލް ކަލަންޑަރު' ވެގެން ދިޔައީ އެޅުނު ބިންގަލަކަށެވެ. މިބިންގަލާއެކު އެސްޓީއޯއިން ކުރީ އަހަރުތަކާ ހިލާފަށް 2025 ވަނަ އަހަރަށް ވަނީ މި ކަލަންޑަރު ސޮފްޓްވެއާރ އަޕްޑޭޓާއެކު 'ރިޔޫސް' ކުރުމަށް ނިންމާފައެވެ. މި ނިންމުމަކީ އެސްޓީއޯ ހިންގުމުގައި ގެންގުޅޭ ދެމެހެއްޓެނިވި ވިސްނުންތަކާއި އުސޫލުތަކާއެކު، އެސްޓީއޯގެ ޕޭޕަރލެސް ޕޮލިސީގެ ދަށުން ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރުދިނުމަށް ނިންމާފައިވާ ނިންމުމެކެވެ. އަދި 2025 ވަނަ އަހަރުގެ ސޮފްޓްވެއާރ އަޕްޑޭޓާއެކު މިފަހަރުވެސް އެސްޓީއޯ ޑިގިޓަލް ކަލަންޑަރު ވެގެންދާނީ އިތުރު ފަސޭހަތަކެއް ލިއްބައިދޭ, މަގުބޫލު ވަސީލަތަކަށް ކަމުގައި ކުންފުނިން ޔަގީންކުރަމެއެވެ." އެސް.ޓީ.އޯގެ ބަޔާނުގައި ވެއެވެ.

ރީޔޫސް، އަޕްޑޭޓް، ޓްރާންސްފޯމް

  • އެސްޓީއޯއިން ކަރުދާހަށް ކުރާ ހޭދަ ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކުންފުނީގެ ހިންގުމުގައި ކަރުދާސް ބޭނުންކުރާ މިންވަރު ވަނީ ވަރަށް ބޮޑުތަނުން ދަށްކުރެވިފައި.
  • ޕްރިންޓްކުރެވޭ ކަލަންޑަރުތައް އުފެއްދުމާއި އުފުލުމުގައި ކާބަން ބޭރުވާ މިންވަރު ހީވެސް ނުކުރާހާ މަތި. މީގެ ކުރިން އެސްޓީއޯއިން އައީ އަހަރެއްގެ މައްޗަށް އާންމުކޮށް އަށެއްކަހާސް ކަލަންޑަރު ޕްރިންޓު ކުރަމުން. ޑިޖިޓަލް ކަލަންޑަރުގެ ސަބަބުން އަލުން ޕްރިންޓްކުރަން ނުޖެހި، ކުނި އުފެދުމާއި ތިމާވެއްޓަށް ދެވޭ ގެއްލުން ވަރަށް ބޮޑަށް ކުޑަކުރެވޭ.
  • ތިމާވެއްޓަށް ލިބޭ ބައެއް ފައިދާތައް: ގަސްތައް ސަލާމަތްވުން، ކުނިގޮނޑުތަކަށް އުކާލެވޭ ކުނި މަދުވުން، އަދި ކާބަން ފުޓްޕްރިންޓް ކުޑަވުން. ކޮންމެ އަހަރަކު ކަލަންޑަރު ޕްރިންޓްކުރުމަށް ގިނަ އަދަދެއްގެ ކަރުދާހާއި ދެލި ބޭނުން ކުރުމުގެ ސަބަބުން ގަސްކެނޑުމާއި ތިމާވެށި ތަޣައްޔަރުވުމަށް މަގުފަހިވޭ.
  • ކޮންމެ އަހަރަކު އައު ކަލަންޑަރެއް ތައާރަފްކުރުމަށް އެތަކެއް ވަގުތާއި ވަސީލަތެއް ހޭދަވޭ. ރިޔޫސް ކުރެވޭ ޑިޖިޓަލް ކަލަންޑަރުގެ ސަބަބުން މިލިއަނުން ސަލާމަތްކުރެވި، އެހެނިހެން ކަންކަމަށް މިވަސީލަތްތައް ރިލޮކޭޓްކުރެވޭ.
  • މި އިސްނެގުމުގެ މައިގަނޑު އެއް ބޭނުމަކީ އިސްރާފު މަދުކުރުމުގެ އިތުރުން ދެމިއޮންނަ އަގު އުފެއްދުމަށް އެސްޓީއޯއިން ކުރާ މަސައްކަތެވެ.

އަޕްޑޭޓް ކުރެވިފައިވާ ޑިޖިޓަލް ކަލަންޑަރުގައި ހިމެނޭނީ:

  • 2025 ވަނަ އަހަރުގެ ރަސްމީ ބަންދު ދުވަސްތަކާއި އެސްޓީއޯއަށް ހާއްސަ އިވެންޓްތަކުގެ މުހިންމު ތާރީހުތަކާއި ހަރަކާތްތަކުގެ މައުލޫމާތު.
  • އާ ތީމްތަކާއި ވިޝުއަލްސްގެ އިތުރުން ކަސްޓަމް ރިމައިންޑަރސް، އަދި އެސްޓީއޯގެ ބައެއް ބްރޭންޑްތަކުގެ މައުލޫމާތު.
  • 2025 ވަނަ އަހަރުގެ ސޮފްޓްވެއާރ އަޕްޑޭޓްކުރަން ފަސޭހަވާނެ. މިކަމުގެ މައުލޫމާތާ އިރުޝާދު އެސްޓީއޯ ވެބްސައިޓާ ސޯޝަލްމީޑިއާ މެދުވެރިކޮށް ދާދި އަވަހަށް ހިއްސާކުރެވޭނެ.
  • އައު ސޮފްޓްވެއާރގައި އިނޮވޭޝަނާ ޔޫޒަރ އެކްސްޕީރިއަންސަށް އަހައްމިއްޔަތުކަން ދެވިފައިވާނެ.
  • ފަސޭހައިން ސޮފްޓްވެއަރ އަޕްޑޭޓް ކުރެވުމުގެ އިތުރުން، ޑިޖިޓަލް ޓޫލްތަކާ ގުޅުވުމާ, ބޭނުންހިފޭ އިތުރު ކަންކަން ހިމެނިގެންދާނެ.

"މި އިސްނެގުމަަަކީ ކޯޕަރޭޓް ޑިޖިޓަލައިޒޭޝަންގައި އެސްޓީއޯގެ ލީޑަޝިޕުން ދައްކުވައިދޭ ލާމަސީލު މިސާލެކެވެ. އެސްޓީއޯގެ ފުޅާ ސަަސްޓެއިނަބިލިޓީ އެޖެންޑާގެ ދަށުން ކުރިއަށް ގެންދާ މި އިސްނެގުމަކީ މާނަހުރި އަސަރެއް އުފެއްދުމުގައި ދެމެހެއްޓެނިވި ސިޔާސަތުތަކާ އިނޮވޭޝަންގެ މުހިއްމުކަން އަޅުގަނޑުމެން ގަބޫލުކުރާ މިންވަރު ދައްކުވައިދޭ އަމަލެއް. އަދި މިއީ ކޮންމެ އަހަރަކު އައު ކަލަންޑަރެއް އުފެއްދުމަށް ބޮޑެތި ވަސީލަތްތައް ހޭދަކުރުމުގެ ބަދަލުގައި އެއްފަހަރަށްވުރެ ގިނަފަހަރު ބޭނުންކުރެވޭ އޯލްޓަނޭޓިވްތައް އިހްތިޔާރުކުރުމަށް އެހެން ފަރާތްތަކަށްވެސް ހިތްވަރުދީ ގޮވާލާ ގޮވާލުމެއް. ތިމާވެއްޓާއި ކޯޕަރޭޓް ސަގާފަތަށް ބޮޑު އަސަރެއް ކުރާނެ ކުދިކުދި ބަދަލުތައް ގެނައުމުގައި އަޅުގަނޑުމެންނާ ގުޅިވަޑައިގަންނަވާ،" އެސް.ޓީ.އޯ އިން ބުނެއެވެ.