Support Us

"ފަސް މިލިއަން ގަސް" ޕްރޮގްރާމްގައި މޯލްޑިވިއަން ބައިވެރިވެ 100 ގަސް އިންދައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިފައިވާ "ފަސް އަހަރުން ފަސް މިލިއަން ގަސް" އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވެ، ފަސް އަހަރުން ބައި ލައްކަ ގަސް އިންދުމަށް އަމާޒު ހިފައި، ގައުމީ އެއާލައިނުން ހުޅުމާލޭގައި 100 ގަސް މިއަދު އިންދައިފިއެވެ.

"މޯލްޑިވިއަން"ގެ ފްލީޓު އުދުއްސާ އައިލެންޑް އޭވިއޭޝަނުން ބުނީ އެ ކުންފުނީގެ ހިދުމަތް ދޭ އެއާޕޯޓުތަކާއި ސްޓޭޝަން ތަކުގައި، ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި މި ހަރަކާތް ކުރިއަށް ގެންދާނެ ކަމަށާއި މިއަދު މިއީ މި ހަރަކާތުގެ ފެށުން ކަމަށެވެ.

މިއަދުގެ މި ހަރަކާތުގައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑައިރެކްޓަރ އިބްރާހީމް އިޔާސް އާއި ކުންފުނީގެ އިސް ވެރިންނާއި ގިނަ މުވައްޒަފުންތަކެއް ބައިވެރިވިއެވެ.

"މިއަދު މިއީ މި ހަރަކާތުގެ ފެށުން. މި ކުންފުނީގެ ހިދުމަތް ދޭ އެއާޕޯޓުތަކާއި ސްޓޭޝަން ތަކުގައި، ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި މި ހަރަކާތް ކުރިއަށް ގެންގޮސް 50 ހާސް ގަސް އިންދާނަން،" މޯލްޑިވިއަންގެ މީޑިއާ އޮފިޝަލަކު މިއަދު ބުންޏެވެ.

"ފަސް އަހަރުން ފަސް މިލިއަން ގަސް" ޕްރޮގްރާމްގައި ބައިވެރިވެ އެންމެ ފުޅާ ދާއިރާއެއްގައި ގަސް އިންދަނީ ސްޓެލްކޯ އިންނެވެ. ސްޓެލްކޯގެ ހިދުމަތް ދޭ ރަށްރަށުގައި ފަށައިފައިވާ ޙަރަކާތުގެ ދަށުން މި އަހަރުގެ ޖޫން މަހުން ފެށިގެން ޑިސެންބަރު 21 އާ ހަމަޔަށް 52،334 ގަސް ވަނީ އިންދައިފައެވެ.

ފަސް ލައްކައިގެ އަމާޒަށް ސްޓެލްކޯ ވާސިލް ވުމަށް ބާކީ އަދި 447،666 ގަސް އިންދަންޖެހެއެވެ.