ދިވެހި ގައުމުގެ ތަނެއް ގެއްލެން ދިވެއްސަކު ގައިމެ ނުރުހޭނޭ
ދިވެހި ގައުމުގެ އިމަށް ތަންތަން ލިބެން އިންކާރު ނުކުރާނޭ
މިހާރަށް އެންމެނަށް އެނގިފައި ނެތަސް ދިވެހީންގެ ތާރީޚުން
ކިހައި ގިނަ ރަށްތަކެއްތޯ ކޮލަނައިޒުގައިވީ ބަލަންްވާނޭ
އަލިފުދާލުގެ އުޞޫލުތަކުން ކުރަން ޑީކޮލަނައިޒު ޖެހުމުން
އަލިން ގާނޫނުތައް ދައްކާ އަލުން އަތު ފޯޅަވަހި ވާނޭ
ކުރާކަށް ނުޖެހެޔޭ ކުދަވެސް ދުލެއް މޮރިޝަސް އެދޭ ގޮތަކަށް
ފުރާނަ ހަށީ ހުރެމެ ދިވެހީން އެކަން ކޮށްގެން ނުވެސް ވާނޭ
ކިތަންމެ ޒަމާން ތަކެއް ދިގުލައި ދިޔަސް ގަދަހިތްވަރާ އެކުގައި
މިތަނުގެ ސިޔާދަތުގެ ދަށުގައި އެތަން ބާއްވަން އުޅެންވާނޭ
ބަޔަކު ތާރީޚުގައި އެތަނާ ގުޅޭ ކަންކަން ނެތޭ ބުންޏަސް
ބަޔަކު އެކަމަށް ދިރާސާކޮށް ނެރޭކަން ހެކި އެނގެންވާނޭ
އެތައް ގައުމެއްގެ ފޮތްފޮތުގައި އެތައް ނިޔަމީންގެ ޑައިރީގައި
އެތަނުގެ ވެރީންނަކީ ދިވެހީން ކަމަށް ބުނުމުން ފުދޭންވާނޭ
ޒުވާނުންނޭ ނުތިބެ މިކަމާ ނަގާށިޔެ އިސް ހިތާ ރޫޙުން
އުވައިލެވުމާއެކީ ކޮލަނައިޒް އެތަން ލިބުމުގެ އުފާވާނޭ
