Support Us

ގޫގުލް މެޕްސްގެ ލޯގޯ

މަރައިލި މީހެއްގެ ތަހުގީގަށް ގޫގުލް މެޕްސްގެ ބޮޑު ހިއްސާއެއް

ސްޕޭންގައި މީގެ އަހަރެއް ކުރިން މަރައިލި ކިއުބާ މީހެއްގެ ތަހުގީގަށް ގޫގްލް މެޕްސް އެޕް ބޮޑު އެހީއަކަށްވެއްޖެއެވެ.

ގޫގުލް މެޕްސްއިން ފުލުހުންނަށް ފެނުނީ މަރައިލި ކަމަށް ޝައްކުކުރެވޭ އިންސާނެއްގެ ހަށިގަނޑެއް ހުދު ފޮތިގަނޑަކަށް ލައިފައި ކާރަކަށް އަރުވަނިކޮށެވެ.

ތަހުގީގު ފެށީ މި ދިޔަ އަހަރު ނޮވެމްބަރު މަހު ފިރިހެން ތިމާގެ މީހަކު ގެއްލިއްޖެ ކަމަށް މީހަކު ރިޕޯޓްކުރުމުންނެވެ.

އެ ކަމާ ގުޅިގެން ގެއްލުނު މީހާގެ ލޯބިވެރިޔާ އާއި އެ ލޯބިވެރިޔާ ކުރިން ރައްޓެހިވެގެން އުޅުނު މީހާ މިދިޔަ އަހަރު ނޮވެމްބަރު މަހު 12 ވަނަ ދުވަހު ހައްޔަރުކުރިއެވެ.

"ހައްޔަރުކުރި ދެ މީހުންގެ ގެއަށް ރެއިޑް ޖެހިން. އަދި އެ ދެ މީހުންގެ ކާރު ވެސް ބަލާފާސްކުރިން،" ފުލުހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ފުލުހުން ދެން ކުރި ކަމަކީ ޖަރީމާ ހިންގި ރަށުގެ މަގުގެ ސްކްރީންޝޮޓެއް މިދިޔަ އޮކްޓޫބަރު މަހު އާއްމުކުރުމެވެ.

"ތަހުގީގަށް މި ސްކްރީންޝޮޓް ބޮޑު އެހީއަކަށްވި،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މަރައިލި ކިއުބާ މީހާގެ އުމުރަކީ 33 އަހަރު ކަމަށެވެ. އަދި ވަރަށް ބޮޑަށް ކުނިވެފައިވާ އޭނާގެ ހަށިގަނޑުގެ މަތީ ބައި ގަބުރުސްތާނަކުން ފެނިފައިވާ ކަމަށެވެ.

ހައްޔަރުކުރި ދެ މީހުން ބަންދުގައި ބައިތިއްބަން ކޯޓުން މިހާރު ވަނީ އަމުރުކޮށްފައެވެ.

"ތަހުގީގު ހުޅުވައިލައިގެން މިހާރު ކުރިއަށް އެބަދޭ،" ފުލުހުން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *