Support Us

"ހުރާ އެކުވެރި ހިޔާ" ހުޅުއްވައިދެއްވައިފި

"ހުރާ އެކުވެރި ހިޔާ"، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މިއަދު ހުޅުއްވައިދެއްވައިފިއެވެ.

މެޑަމް ސާޖިދާ ހުރައަށް ވަޑައިގަތުމުން އެ ރަށު ރައްޔިތުން އެ ކަމަނާއަށް ވަރަށް ހޫނު މަރުޚަބާއެއް ދެންނެވިއެވެ.

"ހުރާ އެކުވެރި ހިޔާ" އަކީ ރަށު ރައްޔިތުން އެއްތަންވެ އެކުވެރިކަން އާލާކުރުމުގެ ބޭނުމުގައި އަޅާފައިވާ ބިނާއެކެވެ.

"ހުރާ އެކުވެރި ހިޔާ" ހުޅުއްވައިދެއްވުމަށްފަހު މެޑަމް ސާޖިދާ ދެއްކެވި ވާހަކަފުޅުގައި ހުރައަކީ ވަރަށް އެކުވެރި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް ކަމަށާއި މިއަދު ހުޅުވިގެން މިދިޔަ ބިނާގެ ސަބަބުން ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި ބަދަހިކަން އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މެޑަމް ސާޖިދާގެ ވާހަކަފުޅުގައި އަޅުގަނޑުމެންގެ ޖީލު ވަރަށް ބޮޑަށް ޑިޖިޓަލައިޒްވެފައިވާ ކަމަށާއި އެކަކު އަނެކަކާއި ބައްދަލުވެ ވާހަކަދައްކާލުން މި އޮތީ ވަރޗުއަލް ކަމަކަށް ބަދަލުވެފައި ކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް އެއް އިންސާނަކާއި އަނެއް އިންސާނަކާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށްޓަކައި އެކަކު އަނެކަކާއި ސީދާ ބައްދަލުވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އެ ކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން މިފަދަ ހިޔާއަކުން އެ މަގުސަދު ހާޞިލުވެގެންދާނެކަމުގައި އެ ކަމަނާ ވިދާޅުވިއެވެ.

"ހުރާ އެކުވެރި ހިޔާ" ހުޅުއްވައިދެއްވުމަށްފަހު މެޑަމް ސާޖިދާ ވަނީ މި ރަސްމިއްޔާތަށް ހާޒިރުވި ގިނަ އަދަދެއްގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ބޭފުޅުންނާއެކު "ހުރާ އެކުވެރި ހިޔާ"ގައި ވަގުތު ހޭދަކޮއްލައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *