މޮރިޝަސްގެ ތަނަކަށް ފޯޅަވަހި ހެދުމަށް އުޅޭ އެބަ ޚާއިނުން
މޮރިޝަސް ވުޖޫދުވުމުގެ ކުރިން އެތަނުގެެ ވެރިންވެސް ނޭނގުމުން
ތާރީޚު އެކަމަށް ދައްކަމުން ގެންދާ އެހެރަ ގިނަ ހެކި ތަކުން
މާރީތިކޮށް ސާބިތުވިޔަސް އެވެރިން ކުރޭ ދޮގު ދޫތަކުން
އެހެނަސް ވަފާތެރި ހެޔޮ ދަރީން ގައުމަށްޓަކައި ޤުރުބާންވެގެން
އެހެނެއް އެކަން އެގޮތަށް ވުމަށް ނުކުރޭ ދުލެއް ގަދަ ހިތްވަރުން
ޣައްދާރު ވިސްނުމުގައި އެހެން އުޅުނޭ އިހަށްވެސް މީސްކޮޅެއް
ދައްޖާލު ބާގައިގައި ވެގެން ގައުމަށް ޚިޔާނާތްތެރި ވަމުން
އަނބުރައި ދިވެހިގައުމަށް އެތަން ހޯދައިދެވޭތޯ އިސްނަގައި
ތަނބުފަދަ ދަރީން ޢިލްމީ ރޮނގުން އެބަ ތިބި ނުކުމެ ހެޔޮ ނިޔަތަކުން
ހުރަހެއް ކަމަށްނުވެ މިކަމުގައި ސަރުކާރު ބައިވެރި ވެއްޖެނަމަ
ބުރަނުވެ މިކަން ކުރެވޭނެ މަގު ފަހިވާނެޔޭ ކަން އޮތް ގޮތުން
ގައުމުގެ ވެރީންނޭ މިކަމުގައި ގައުމަށްޓަކައި އިސްނަންގަވައި
ގައުމަށް އިހަށް އޮތް ފޯޅަވަހި ދެއްވާށެ އަތުލައްވައި އަލުން
