Support Us

އޮކްސްފޯޑް ޑިކްޝަނަރީގެ އަހަރުގެ ބަހަކަށް "ސިކުނޑި ކުނިވުން"

"ސިކުނޑި ކުނިވުން" ނުވަތަ އިނގިރޭސި ބަހުން ބުނާ ނަމަ "ބްރެއިން ރޮޓް"އަކީ މިދިޔަ އަހަރުގެ އެންމެ ފާހަގަކުރެވޭ ބަސްކަމަށް އޮކްސްފޯޑު ޑިކްޝަނަރީން ހޮވައިފިއެވެ.

"މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު މި ބަސް ބޭނުންކުރާ މިންވަރު 230 ޕަސެންޓް އިތުރު،" އޮކްސްފޯޑް ޔުނިވާސިޓީން ބުންޏެވެ.

އެ ތަނުން ބުނީ ސިކުނޑި ކުނިވަނީ މާގިނައިން މައުލޫމާތު ހޯދުމުން ކަމަށެވެ. ވަކިން ހާއްސަކޮށް އޮންލައިންކޮށް މައުލޫމާތު ހޯދުމުންނެވެ. އަދި އެއީ ވަކި ހާއްސަކަމެއް ނެތް އާދައިގެ މައުލޫމާތު ކަމަށްވުމުންނެވެ.

"މިއީ އާއްމުންގެ ވޯޓަކުންނާއި އޮކްސްފޯޑުގެ ބަހުގެ އިލްމްވެރިން ހޮވި ބަހެއް،" އޮކްސްފޯޑުން ބުންޏެވެ.

"ބްރެއިން ރޮޓް"އަކީ 1854 ގައި ހެންރީ ޑޭވިޑް ތޯރޯ ބޭނުންކުރި ބަހެއް ކަމަށް ފުރަތަމަ ފަހަރަށް ރެކޯޑު ކުރެވިފައިވާ ބަހެކެވެ.

"މިއީ އަހަރެމެންގެ ހުސް ވަގުތު ނަގައިލުމަށް މައުލޫމާތު ހޯދުމާ ގުޅޭ ނުރައްކާތެރި ކަމެއް،" އޮކްސްފޯޑުގެ ބަހާ ބެހޭ ރައީސް ކެސްޕާ ގްރެތުވޯލް ބުންޏެވެ.

މިއީ އިންސާނިއްޔަތާއި ޓެކްނޮލޮޖީއާ ގުޅޭ ގޮތުންކުރެވޭ ބަހުސަށް ވެސް އެކަށީގެންވާ ބަހެއް،" އޭނާ ބުންޏެވެ.

އޮކްސްފޯޑު ޑިކްޝަނަރީން މި ދިޔަ އަހަރު ހޮވި ބަހަކީ "ރިޒް"އެވެ. މިއީ މީހަކު އެހެން މީހެއްގެ ސަމާލުކަން ހޯދަން ގެންގުޅޭ އުކުޅު ދޭހަކޮށްދޭން ބޭނުންކުރާ ބަހެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *