Support Us

ބެންކޮކަށް މެފެޑްރޯން އެތެރެކުރަން އުޅުމުން ދިވެހި މީހާ ހައްޔަރުކޮށްގެން ގެންދަނީ

ޑްރަގް ޓްރެފިކިން މައްސަލައެއްގައި ބެންކޮކްގައި ދިވެއްސަކު ހައްޔަރުކޮށްފި

ކެޓިގަރީ އެކެއްގެ ޑްރަގެއްކަމަށްވާ މެފެޑްރޯންގެ ތިން ކިލޯ ތައިލެންޑްގެ ވެރިރަށް ބެންކޮކަށް އެތެރެކުރަން އުޅެނިކޮށް ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފިއެވެ.

"މި މަސްތުވާތަކެތި ފޮރުވައިފައިވަނީ އިނގިރޭސި ވިލާތުން ފޮނުވި ޕްރޮޓީން ސަޕްލިމެންޓް ދަޅެއްގައި،" ތައިލެންޑްގެ ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މީހާގެ ނަން ހާމަކޮށްފައި ނުވަނީ މި ޑްރަގް ވިއުގައިގައި ބައިވެރިވާ އެހެން މީހުން ހޯދައިގަތުމަށް ތަހުގީގެއް ހިންގައިތީ ކަމަށެވެ.

އޭނާ ހައްޔަރުކުރީ ބެންކޮކްގައި ހުންނަ ކުރިއާ ބަލައިގަންނަ ތަނަކުން ޕެކެޖާ ހަވާލުވާން އުޅެނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

ޑްރަގް އެތެރެކުރަން އުޅުމުން ދިވެހި މީހާ ތަހުގީގަށް ހައްޔަރުކޮށްފައި

ތައިލެންޑްގެ އޮފީސް އޮފް ދަ ނާކޮޓިކްސް ކޮންޓްރޯލް ބޯޑު (އޯ.އެން.ސީ.ބީ)ގެ އަމީން އާއްމު ޕެނުރެތު ލެކްބޫން ބުނީ މި ފަދަ މައްސަލައެއް ޖޫން މަހު ވެސް ފެންމަތިވިކަމަށެވެ. އެ ފަހަރު ރަޝިއާގެ ރައްޔިތެއް ވަނީ ޕޮލަންޑުން ފޮނުވި ކޮފީ ކެޕްސޫލްތަކެއްގައި ފޮރުވައިފައި ހުރި 840 ގްރާމްގެ މެފެޑްރޯންއާއެކު ހައްޔަރުކޮށްފައެވެ. ތަހުގީގު ކުރިއަށްދާތީ މި ރަޝިއާ މީހާގެ ވަނަވަރު ވެސް ހާމައެއްނުކުރެއެވެ.

ރަޝިއާ މީހާގެ ތަހުގީގުން މަސްތުވާތަކެތީގެ ބާވަތްތައް ކަމަށްވާ އެމް.ޑީ.އެމް.އޭ، އެކްސްޓަސީ، ކޮކޭން، ކެޓަމައިން އަދި ޝައްކު ކުރެވޭ އެހެނިހެން ޑްރަގް ވެސް ފެނިފައިވެއެވެ. މި ޑްރަގްތަކަކީ ތައިލެންޑުން މިހާރު ފެންނަ އާ ޑްރަގްތައް ކަމަށް ފުލުހުން ބުންޏެވެ.

އެމް.ޑީ.އެމް.އޭއާ އެއްގޮތް ނުރައްކާތެރި އަސަރުތަކެއް މެފެޑްރޯނުންކުރާކަމަށް ޕެނުރެތު ބުންޏެވެ.

"ބާތު ސޯލްޓްސް ފަދަ މާއްދާތަކާ މަސްހުނިކުރުމުން، މަދުން އަދި ފެންނަ މެފެޑްރޯންގެ އަސަރު ވަކިން ބޮޑަށް ނުރައްކާވޭ،" އޭނާ ބުންޏެވެ.

ދިވެހި މީހާ ހަވާލުވި ޕްރޮޓީން ސަޕްލިމަންޓް ދަޅަށް އަޅާފައި ހުރި ޑްރަގް ފުލުހުން ޗެކުކުރަނީ

އެމެރިކާ އަދި ޔޫރަޕުން ފޮނުވާ އާ ޑްރަގްތައްކަމަށްވާ ފެންޓަނީލް އާއި 2-ސީ.ބީ އަލަށް ތައިލެންޑުން ފެންނާތީ އޮފިޝަލުން ކަންބޮޑުވާކަމަށް ތައިލެންޑްގެ ނޫހެއް ކަމަށްވާ ތައިގާއިން ރިޕޯޓްކުރިއެވެ.

އެ ނޫހުން ބުނީ ތައިލެންޑްގައި އުފައްދާ ޕާޓީ ކޭންޑީ އާއި ހެޕީ ވޯޓާ ކިޔާ ޑްރަގްތަކެއް 2021 އިން ފެށިގެން ބެންކޮކާއި ޗޮން ބުރިން އިން ފެނިފައިވާ ކަމަށެވެ.

މެފެޑްރޯން ބޭނުންކުރާ މީހުން ތައިލެންޑްގައި މި ވަގުތު މަދު ނަމަވެސް އޭގެ ހާލަތު ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

"އޯ.އެން.ސީ.ބީން އަންނަނީ މި ބާވަތުގެ ޑްރަގްތައް އުފެއްދުމާއި ފެތުރުން ކޮންޓްރޯލްކުރުމަށް މަސައްކަތްކުރަމުން،" ތައިލެންޑްގެ ޕައްތަޔާ ނޫހުން ރިޕޯޓްކުރިއެވެ.

"މި އާ ބާވަތުގެ ޑްރަގްތަކުންކުރާނެ ނުރައްކާތެރި އަސަރުތަކަށް އަހަރެމެން ސަމާލުވެގެން މި ތިބީ. މުޖުތަމައަށް މި ޑްރަގްތައް ފެތުރިދާނެތީ އެ ކަން ހުއްޓުވުމަށް ފިޔަވަޅު އަޅަމުން މި އަންނަނީ،" ޕެނުރެތު ބުންޏެވެ.

ތައިގާއިން އިތުރަށް ބުނީ ބެންކޮކުން ފެނުނު ވެހިކަލެއް ހުއްޓުވައި ތިން މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހުންނަށް ތުހުމަތުކުރެވެނީ ތިން ކިލޯގެ ކްރިސްޓަލް މެތަމްފެޓަމައިން އާއި ހަތިޔާރެއް ގެންގުޅުމުގެ ކުށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *