Support Us

ހިތާމަވެރި ޅެން "އަހަރެންނާ ނުލައި މާދަމާ ފަށައިފި ހިނދު"

އަހަރެންނާ ނުލައި މާދަމާ ފަށައި

އަދި އަހަރެންނަށް ނުފެންނަ ގޮތަށް

އިރު އަރާ އެ އިރަށް ތިބާގެ ލޯ ފެނި

އަހަރެންނަށްޓަކައި ކަރުނުން ފުރިގެންވާ ހިނދު

 

ތިބާ ނުރޯން އަހަރެން ބޭނުންވާލެއް ބޮޑުކަމުން

މިއަދު ތިބާ ރުއިހެން

ގިނަ ކަންތައްތަކަކާ ވިސްނައި

އަހަރެމެންނަށް ނުބުނެވި އޮތް ހިނދު

 

ތިބާ އަހަރެން ދެކެ ލޯބިވާވަރު އެނގޭ

އަހަރެން ތިބާ ދެކެ ވެސް ލޯބިވާ ވަރަށް

އަދި އަހަރެންގެ މަތިން ތިބާ ހަނދާންވާ ކޮންމެ ފަހަރަކު

އަހަރެން ތިބާގެ ހަޔާތުގައި ނެތްކަން ވިސްނޭ ހިނދު

 

އެކަމަކު އަހަރެންނާ ނުލައި މާދަމާ ފަށައި ހިނދު

ތިބާއަށް ފަހުމް ވުމަށް އަހަރެން އެދޭ ހާލު

މަލާއިކަތެއް އައިސް އަހަރެންނަށް ގޮވައިލިކަން

އަދި އަހަރެންގެ އަތުގައި ހިފިކަން

އަދި އަހަރެންނަށް ވާ ޖާގަ ހަމަޖެހިއްޖެކަން

މާމަތީގައިވާ ސުވަރުގޭގައި

އަދި އަހަރެންނަށް ދޫކޮށްލައިފައި ދާންޖެހޭ ހިނދު

އަހަރެންގެ އެންމެ ލޯބިވާ މީހުން

 

އެކަމަކު އަހަރެން ހިނގައިގަންނަން އެނބުރުނުތަނާ

އަހަރެންގެ ލޮލުން ކަރުނައެއް ވެއްޓުނު

އަހަރެންގެ މުޅި ހަޔާތަށް ކަމަށް، އަހަރެންނަށް ވިސްނުނު

އަހަރެން މަރުވާކަށް ނޭދޭ ހިނދު

 

ކިތައްމެ ކަމަކަށްޓަކައި އަހަރެން ދިރިހުރުމަށް އެދެވުނު

ކިތައްމެ ކަމެއް ނުކޮށް ހުރެވުނު

ވާނެކަމެއް ނޫންކަން އަހަރެންނަށް ހީވި

ތިބާ ދޫކޮށްލާފައި ދާންޖެހުނު ހިނދު

 

ހުރިހާ އިއްޔެތަކެއްގެ ހިޔާލު އަހަރެންނަށް އައި ހިނދު

ރަނގަޅު އިއްޔެތަކާއި ނުބައި އިއްޔެތައް

އަހަރެމެން ހިއްސާކުރި ހުރިހާ ލޯތްބެއްގެ ހިޔާލު އައި

އަދި އަހަރެމެން ކުރި މަޖާތަކާއެކު

 

އިއްޔެ އަލުން ލިބޭނެ ނަމަ

ކުޑަ ހިނދުކޮޅަކަށް ނަމަވެސް

އަހަރެން ސަލާންކޮށްފައި ބޮސް ދޭނަން

އަދި ފަހަރުގައި ތިބާގެ ހިނިތުންވުމެއް ފެނިދާނެކަމަށް

 

އެކަމަކު ދެން އަހަރެންނަށް ފުރިހަމައަށް ރޭކާލީ

މިއީ ދުވަހަކު ވެސް ނުވާނެ ކަމެއްކަން

ސަބަބަކީ ހުސްކަމާއި ހަނދާންތައް

އަހަރެން ނެތްތަން ފޫބައްދާނެތީ

 

އަދި ދުނިޔެވީ މާއްދީ ކަންތައްތަކާމެދު ވިސްނުން އައުމުން

މާދަމާ އަންނައިރު އެ ކަމުގެ ހުސްކަމެއް ލިބޭނެކަން

ހަނދާނަށް އައީ ތިބާ، އަދި އެ ހިނދު

އަހަރެންގެ ހިތް ފުރުނީ ހިތާމައިންކަމަށް ވީ ހިނދު

 

އެކަމަކު ސުވަރުގޭގެ ދޮރޯށިން އެތެރެއަށް ހިނގައިގަތް ހިނދު

ގެއަށް އާދެވިއްޖެކަމުގެ އިހުސާސްކުރެވުނު

މާތް ކަލާނގެ އަހަރެންނާ ދިމާއަށް ހިނިވަރުނަކުރެއްވީ

ރަން ތަހުތުކޮޅުގައި އިންނެވި ހިނދު

 

އެ ކަލާނގެ ވަހީކުރެއްވި ހިނދު: މިއީ އަބަދުގެ އަބަދު

އަދި ތިމަންސުވާމީންގެ ވައުދު ވީ ހުރިހާ ކަމެއް

އަދު ތިބާގެ ދުނިޔަވީ ހަޔާތް އެއީ މާޒީ

މި ތާނގައި ހަޔާތް މި ފެށުނު ހިނދު

 

މާދަމާއެއްގެ ވައުދެއް ނުވާނަން

އެކަމަކު މިއަދަކީ ދާއިމަށް ދެމިގެންދާނެ ދުވަހެއް

އަދި ކޮންމެ ދުވަހެއްގައި ހުންނާނީ އެއްގޮތްކަމެއް ކަމަށްވުމުން

މާޒީއަށް އެދެވޭ އެދުމެއް ނޯންނާނެ އެ ހިނދު

 

ތިބާ ވަފާތެރިވީ ނުހަނު ބޮޑަށް

އިތުބާރާއި ތެދުވެރިކަން ދެއްކުމުން

ނަމަވެސް ބައެއް ފަހަރުފަހަރު

ތިބާ ކުރި ބައެއް ކަންތައްތަކީ

ކޮށްގެން ނުވާނެ ކަންކަންކަން ތިބާއަށް އެނގޭ ހިނދު

 

އެކަމަކު މިހާރު އަފޫކޮށްފީމު

އަދި މިހާރު އެންމެ ފަހުން ތިބާ މިނިވަން ވެއްޖައީމު

އެހެންކަމުން ތިމަންސުވާމީންގެ އަރިހަށް އައިސް ތިމަންސުވާމީންގެ އަތުގައި ހިފައި

ތިމަންސުވާމީންގެ ދާއިމީ ދިރިހުރުމުގައި ތިބާގެ ހަޔާތް ހިއްސާ ނުކުރާނަންތޯ؟

 

މިހެންވެ ތިމަންސުވާމީންގެއާ ނުލައި މާދަމާ ފަށައިފި ނަމަ

އަހަރެމެން ވަކިން ދުރުގައި ހުރިކަމަށް ހީނުކުރާތި

ސަބަބަކީ ތިބާގެ ވިސްނުމަށް ތިމަންސުވާމީންގެ އަންނަ ކޮންމެ ހިނދަކު

ތިމަންސުވާމީންގެ ވަނީ މި ތާނގައި، ތިބާގެ ހިތުގައި.

 

ނޯޓު: ތަރުޖަމާއެއް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *