އެމެރިކާގެ ރިޔާސީ އިންތިހާބު ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ކާމިޔާބުކުރެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އެ މަނިކުފާނަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.
"އިންތިހާބު ކާމިޔާބުކުރެއްވުމާ ގުޅިގެން އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ހޫނު މަރުހަބާއެއް ދަންނަވަން،" ރައީސް އެކްސްގައި ލިޔުއްވިއެވެ.
ރައީސް ވިދާޅުވީ ދިވެހި ރާއްޖެއާއި އެމެރިކާ ހިއްސާކުރަނީ ވަރުގަދަ ގުޅުމެއް ކަމަށެވެ. އެއީ އިހުތިރާމާއި އިހުލާސްތެރިކަމާއި އަދި ދެ ގައުމުގެ ކަންތައްތައް ފަހުމްވުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަމަށެވެ.
"އަޅުގަނޑު އުއްމީދުކުރަނީ ދެ ގައުމުގެ އެއްބައިވަންތަކަމަށާއި ދެ ގައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށާއި ދުނިޔޭގެ ސުލްހަ އާއި ފާގަތިކަމަށް ދެ ގައުމުން ގުޅިގެން މަސައްކަތްކުރުން،" ރައީސް ވިދާޅުވިއެވެ.




advertisment