Support Us

ޓަކައޮ ޑޮއި ލަކުޑި ސެޓެލައިޓުގެ މޮޑެލްއެއް ދައްކައިލަނީ

ފުރަތަމަ ލަކުޑި ސެޓެލައިޓް އުދުއްސައިލައިފި

ދުނިޔޭގައި ލަކުޑިން ހެދި ފުރަތަމަ ސެޓެލައިޓް ބިލިއަނަޔަރު އެލޮން މަސްކްގެ ސްޕޭސްއެކްސް ރޮކެޓަކަށް ލައިފައި އުދުއްސައިލައިފިއެވެ.

ޖަޕާނުން އުފެއްދި މި ސެޓެލައިޓް ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަން، އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައި.އެސް.އެސް)އަށް އެމެރިކާއިން އިއްޔެ ފޮނުވައިލަދިނީ އެ ތަނަށް ތަކެތި ފޮނުވާ ސަޕްލައި އޮޕަރޭޝަނެއްގައެވެ.

"މި ރޮކެޓް ވަނީ ރައްކާތެރިކަމާއެކު ޖައްވަށް ދަތުރުކޮށްފައި،" ޖަޕާންގެ އޭރޯސްޕޭސް އެކްސްޕްލޮރޭޝަން އެޖެންސީން އެކްސްގައި ބުންޏެވެ.

މީގެ އެއް މަސް ފަހުން މި ސެޓެލައިޓް ދޫކޮށްލާނީ ދުނިޔެ ވަށާ ބުރުޖަހާ އޯބިޓަށެވެ.

"ބޭނުމަކީ މި ސެޓެލައިޓްގެ ބާރުގަދަކަމާއި ސަލާމަތުން ހުންނާނީ ކިހާ ދުވަހެއްވަންދެންތޯ ދެނެގަތުން،" މި ސެޓެލައިޓް އުފެއްދުމުގައި ބައިވެރިވި ގަސްގަހާގެއްސާ ބެހޭ ސުމިޓޯމޯ ފޮރެސްޓްރީން އޭ.އެފް.ޕީ.އަށް ބުންޏެވެ.

މި ތަހުލީލުތައް ނިމުމުން މި ސެޓެލައިޓް އަނބުރާ ދުނިޔެއަށް ވައްޓާލާނެއެވެ. ނަމަވެސް ދުނިޔޭގެ ވައިގެ ފަށަލައިގައި އަނދާ ހުލިވެ އަޅިއަށް ވާނެ ކަމަށް ވަނީ ބެލެވިފައެވެ.

"މި ކަމުގެ ސަބަބުން ދުނިޔޭގެ ތިމާވެށްޓަށް ގެއްލުމެއް ނުލިބޭނެ. މިހާރު ވާގޮތަކީ އެކިއެކި މައުދަންތަކުން ހަދާފައިވާ ސެޓެލައިޓްތަކުގެ ސަބަބުން ދުނިޔޭގެ ޖައްވު ވަނީ ތަޣައްޔަރުވެފައި،" ޖަޕާންގެ ކިޔޯޓޯ ޔުނިވާސިޓީގެ ސައިންސްވެރިޔަކު ބުންޏެވެ.

ހަތަރެސްކަން ފޮށިގަނޑެއްގެ ސިފައިގައި ހަދައިފައިވާ މި ސެޓެލައިގެ ކޮންމެ ފަޅިއެއްގައި ހުރީ ހަތަރު އިންޗިއެވެ. މި ތަހުލީލީ ސެޓެލައިޓަށް ދީފައިވާ ނަމަކީ "ލިގްނޮސެޓް"އެވެ.

ނާސާގެ ކެނެޑީ ސްޕޭސް ސެންޓަރުން ލިގްނޮސެޓް ފޮނުވައިލީ މީހަކު ނެތް ސްޕޭސްއެކްސްގެ ރޮކެޓެއްގައެވެ.

"ތަފާތު މައުދަންތަކުގެ ބަދަލުގައި ލަކުޑިން ހަދާ ސެޓެލައިޓްތައް އާއްމު އެއްޗަކަށް ހަދަންވީ،" އެސްޓްރޮނޯޓެއް އަދި ކިޔޯޓޯ ޔުނިވާސިޓީގެ ޕްރޮފެސަރެއްކަމަށްވާ ޓަކައޮ ޑޮއި މި އަހަރު ކުރީކޮޅު ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *