ތަފާތު ގިނަ ބްރޭންޑްތަކުގެ ތަކެތި ހިމެނޭހެން އެސްޓީއޯއިން ވެއަރ ހައުސް ސޭލެއް މިއަދު ފަށައިފިއެވެ. "ހުސްވީމަ ހުސްވީ"ގެ ނަމުގައި، މި މަހުގެ ހަތަރެއްގެ ނިޔަލަށް ބާއްވާ މި ސޭލްގައި ބޮޑެތި ޑިސްކައުންޓްތަކެއް ވަނީ ހިމަނައިފައެވެ.
ސޭލްގައި ހިމެނޭ ބްރޭންޑްތައް:
- ހިޓާޗީ
- މަކިޓާ
- ނިޕޯން ޕެއިންޓް
- ރެމިންގްޓަން
- ރަސްލް ހޮބްސް
އެސްޓީއޯ ހެޑް އޮފީސް ގޯތިތެރޭގައި އޮންނަ މި ވެއަރ ހައުސް ސޭލްގައި ބަދިގެ ތެރޭގައި ހިފައިގެންގުޅޭ ތަފާތު ގިނަ ބާވަތެއްގެ އައިޓަމްތަކުން %80 އާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.
ސޭލް ކުރިއަށް ދާނެ ގަޑިތައް:
1 ނޮވެމްބަރު (ހުކުރު) – 17:00 – 18:00 އަށް އަދި 20:00 – 23:00
2 ނޮވެމްބަރު (ހޮނިހިރު) – 16:00 – 18:00 އަށް އަދި 20:00 – 23:00
3 ނޮވެމްބަރު (އާދީއްތަ) – 16:00 – 18:00 އަށް އަދި 20:00 – 23:00
4 ނޮވެމްބަރު (ހޯމަ) – 16:00 – 18:00 އަށް އަދި 20:00 – 23:00
މި ސޭލްގެ ތެރެއިން 500ރ. އިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސޭލް ކުރިއަށްދާ ކޮންމެ ރެއަކު ނަސީބުވެރި ފަރާތެއް ހޮވުމުގެ އިތުރުން ވެއަރ ހައުސް ސޭލް ނިމުމުން ނެގޭ ގުރުއަތުގައި ނަސީބުވެރި ފަރާތަކަށް ބޮޑު އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް އެސް.ޓީ.އޯ އިން ބުނެއެވެ.