Support Us

"އައި-ޑާ" ނަމަކަށް ކިޔާ ރޮބޮޓްގައި ވަނީ އޭ.އި ޓެކްނޯލޮޖީ ހިމަނައިފައި

އޭ.އައި ރޮބޮޓެއް ކުރެހި ކުރެހުމެއް ނީލަންކިޔަނީ

އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ހިމަނައިފައިވާ ރޮބޮޓެއް ކުރެހި ކުރެހުމެއް ފުރަތަމަ ފަހަރަށް ނީލަމެއްގައި ވިއްކައިލަން ނިންމައިފިއެވެ.

"އައި-ޑާ" ނަމަކަށް ކިޔާ މި ރޮބޮޓު ކުރެހީ ކޮމްޕިއުޓަރު އުފެއްދުމުގައި އިސް ރޯލެއް ކުޅުނު އިނގިރޭސި ވިލާތުގެ ހިސާބު އިލްމުވެރިޔާ އެލަން ޓިއުރިންގެ މޫނުގެ ކުރެހުމެކެވެ.

މި ކުރެހުން ވިއްކާލާނީ އިނގިރޭސި ވިލާތުގެ ސޮތަބީސްއިން އޮންލައިންކޮށް ހިންގުމަށް ހަމަޖެހިފައިވާ ނީލަމެއްގައެވެ. ނީލަންކިޔުން އޮތީ މާދަމާއިން އަންނަ މަހު ހަތަކަށެވެ.

އައި-ޑާ ކުރެހި ޓިއުރިންގެ ހަތް ފޫޓު އުސް ކުރެހުން ގާތްގަނޑަކަށް 196،000 ޑޮލަރު (ތިން މިލިއަން ރުފިޔާ)އަށް ވިކޭނެ ކަމަށް ބެލެވެއެވެ.

ސޮތަބީސްއިން ބާއްވާ މި ނީލަމަކީ ކޮމްޕިއުޓަރުން މީހުން ކުރަހާ ޑިޖިޓަލް ކުރެހުން ވިއްކުމަށް ބާއްވާ ނީލަމެކެވެ.

"އޮންލައިންކޮށް ބާއްވާ މި ނީލަމުގައި އަލިއަޅުވާލަނީ އާޓާއި ޓެކްނޯލޮޖީ ގުޅޭ ހިސާބު،" ސޮތަބީސްއިން ބުންޏެވެ.

ޓިއުރިން ވަނީ އޭ.އައި.އަކީ އިންސާނުންނަށް ނުރައްކާކޮށްފާނެ ޓެކެނޯލޮޖީއެއްކަމަށް 1950 ގެ އަހަރުތަކުގައި ބުނެފައެވެ.

އައި-ޑާ އުފެއްދީ އެއިޑަން މިލާ ނަމަކަށް ކިޔާ ކުރެހުންތެރިއެކެވެ. އެއީ އިނގިރޭސި ވިލާތުގެ ބައެއް ޔުނިވާސިޓީތަކާ ގުޅިގެންނެވެ. މި ރޮބޮޓް ޑިޒައިންކޮށްފައިވަނީ އަންހެނެއްގެ ސިފައިގައެވެ. އަދި ލޮލުގައި ހަރުކޮށްފައިވަނީ ކެމެރާއެވެ.

މީގެ ކުރިން 2022 ގައި އައި-ޑާ ވަނީ ލަވަކިޔުންތެރިން ކަމަށްވާ ބިލީ އެއިލިޝް، ޑަޔާނާ ރޮސް، ކެންޑްރިކް ލަމާ އަދި ޕޯލް މެކްކާޓްނީގެ މޫނުގެ ކުރެހުން ކުރަހައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *