ބަފައެކޭ ބޭނުމީ ގައުމަށް! ސިޔާސީ ވެރިކަމެއް ނުކުރާ
ސަފަށް ދީނުގެ ދަރީން ނެރުވާ އުރެދުމާ ގާތް ސަފުން ނުކުރާ
ގުޑާފައި ބިންގަލުން ހުރި ތަންތަނަށް ގަދަކަން އަލުން ދިނުމަށް
ފުނޑާލެވިފައި އެކަށް ހުރިހައި ތަނބެއް އާކޮށް އަލުން އަތުރާ
އަޅައިގަތުމުން ޒަޚަމުވާ ޒާތު ކަށިގަސްތައް މަގުން ލުހެލާ
ފަޅައިގެން މަގުމަތީ ޖަންގަލި ހެދޭ ވިނަތައް އެކަށް އުފުރާ
ދެވޭ ޢިލްމަށް ވުރެން ޚުލުޤަށް ބޮޑަށް އިސްކަން މިއަދު ދީގެން
ދެވޭ ތަރުބިއްޔަތުން ޖީލެއް ޅަފަތުގައި ހެޔޮ އަތަށް އަނބުރާ
ދިމުގުރާތީ ނިޒާމާހުރެ ވިޔަސް ފުނޑިފައިވި އެކުވެރިކަން
ބިމުން ކެހިގެން މުޅިން ނުދަނީސް ދަމާ ގެނުވައި އަލުން ފަތުރާ
އަމާނާތްތެރި ޢަދުލުވެރި ދައުލަތެއް ޤާއިމުވެ އޮތް ޝަރަފާ
ނަމާ އަބުރާ ސަލާމަތްކޮށް ތަނަށް ހޯދައި ދެވޭ ފަޚުރާ