Support Us

ދުންފަތުގެ ޑިއުޓީ އަށް ރުފިޔާ އަށް ބޮޑުކުރަން ރައީސް ނިންމަވައިފި

ދުންފަތް ހިމެނޭ ބާވަތްތަކުން ނަގާ ޑިއުޓީ އަންނަ މަހުން ފެށިގެން ބޮޑުކުރަން ނިންމަވައި، އެކަމާ ބެހޭ ގޮތުން ގާނޫނަށް އިސްލާހު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

އެކްސްގައި ރައީސް ޑރ. މުއިއްޒު މިއަދު ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ ދުންފަތުގެ އިސްތިއުމާލް ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުވުމަށް ނިންމަވާފައިވާ ކަމަށެވެ.

ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވަލޮރެލް ރޭޓް އަންނަ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ބޮޑުކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށް މި ހަފުތާގައި މަޖިލީހަށް ފޮނުއްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ ދަށުން ހަތް ވަނަ މާއްދާގެ ދަށުން ޗެޕްޓާ 24 ގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް ތިން ރުފިޔާއިން އަށް ރުފިޔާ އަށް މަތިކުރުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން އާއްމު ތަންތާނގައި ދުންފަތުގެ އިސްތިއުމާލްކުރުން ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ ދައުރު ވަރުގަދަކުރުމަށް ވެސް ރައީސް ވަނީ ނިންމަވައިފަ އެވެ. އަދި ދުންފަތުގެ އިސްތިއުމާލްކުުރުން އާދަވެފައިވާ ފަރާތްތަކުން އެ އާދައިން ދުރުހެލިވުމަށް އެހީވުމުގެ ގޮތުން ގައުމީ ލެވެލްގައި ފަންނީ ގޮތުން ބަލައިގަންނަ ވަށައިޖެހޭ ބޮޑު ކެންޕޭނެއް ކުރިއަށް ގެންދެއުމަށް ނިންމަވާފައިވާ ކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"ދުންފަތުގެ އިސްތިއުމާލް ކުރުމުން ދުރުހެލިވެފައިވާ މުޖުތަމައަކަށް އަޅުގަނޑުމެންގެ ދިވެހި ރާއްޖެ ހެދުމަށް ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން އަޅުގަނޑު އެދެން،" ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވެ އެވެ.

ދުންފަތުގެ އިސްތިއުމާލްކުރުމާ މީހުން ދުރުހެލި ކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވަން ރައީސް ޑރ. މުއިއްޒު މިއަދު ނިންމާފައިވާއިރު އިއްޔެ އެމަނިކުފާނު ވަނީ ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާކުރުމަށް ނިންމަވައި، އެކަމާ ބެހޭ ގޮތުން ފިޔަވަޅު އަޅަން ކަމާ ބެހޭ އިދާރާތަކާ ހަވާލުކުރައްވާފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *