Support Us

ޕަރީފެންގަނޑު ހިމެނޭހެން ލ. އަތޮޅުގެ ތިން ސަރަހައްދެއް ތަރައްގީކުރަން ހަ މިލިއަން ރުފިޔާ ސަރުކާރުން ދީފި

ލ. ގަމުގައި ހިމާޔަތްކޮށްފައި އޮންނަ ޕަރީ ފެންގަނޑާއި އެ އަތޮޅުގައި ހިމާޔަތް ކޮށްފައި އޮންނަ އިތުރު ދެ ސަރަހައްދެއް ތަރައްގީ ކުރުމަށް ހަ މިލިއަން ރުފިޔާގެ ހިލޭ އެހީ ސަރުކާރުން ޖަމިއްޔާތަކާ ހަވާލުކޮށްފި އެވެ.

އެންވައިރަންމަންޓް މިނިސްޓަރ ތޯރިގް އިބްރާހިމް އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "ޕަރީފެންގަނޑު" ހިމެނޭ ސަރަަހައްދު ގްލޯބަލް އެންވައިރަމަންޓް ފެސިލިޓީ (ގީއީއެފް) ގެ ދަށުން ވިއުއިންގް ޕްލެޓް ފޯމް އެޅުމަށް ބޭނުންވާ ގްރާންޓް އެހީ އެރަށުގެ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީއަށް ހަމަޖައްސައިދީފައިވާ ކަމަށެވެ.

ތާރިގް ވަނީ ގަމުގައި އޮންނަ އެ ފެންގަނޑު ސަރަހައްދަަށް އިއްޔެ ޒިޔާރަތްކުރައްވައި، އެ ސަރަހައްދު ބައްލަވާލައްވައިފަ އެވެ.

އެންވައިރަންމަންޓް މިނިސްްޓްރީން ބުނީ އެ ރަށްރަށުގެ ކައުންސިލްތަކާ މި ގްރާންޓްތައް ހަވާލުކުރުމަށް އިއްޔެ ލ. ފުނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ގަމުގައި އޮންނަ ބޮޑު ފެންގަނޑުގެ އިތުރުން އެ އަތޮޅު މައިބައިދޫގައި ހިމާޔަތްކޮށްފައިވާ ކޯރު ސަރަހައްދާއި ހިތަދޫ ކުޅި ހިމެނޭ ސަރަހައްދު ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެންވައިރަންމަންޓް މިނިސްޓްރީން ބުނީ މިއިން ކޮންމެ ރަށެއްގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ތަރައްގީ ކުރުމަށް ދެ މިލިއަން ރުފިޔާގެ ހިލޭ އެހީ ހަވާލުކޮށްފައިވާ ކަމަށާއި "މި ފައިސާ ބޭނުންކުރާނީ ހިމާޔަތްކޮށްފައިިވާ ސަރަހައްދުތަކަށް ތައްުޔާރުކޮށްފައިވާ މެނޭޖްމަންޓް ސިސްޓަމް ތަންފީޒުކުރަން،" ކަމަށެވެ.

ޔޫއެންޑީޕީއޭގެ ހިލޭ އެހީގެ ދަށުން ލ. އަތޮޅުގެ އިތުރުން ފުވައްމުލަކާއި އައްޑޫ ސިޓީގެ ނޭޗަރޕާކް މަރާމާތު ކުރުމާ ބެހޭ އެމްއޯޔޫއެއްގައި ސަރުކާރުން މިދިޔަ ހަފްތާގައި ވަނީ ސޮއިކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *