ދެއްވި ހެޔޮ ބުއްދީގެ ވަރައިން އުދުހި ނުލައެއް ޖައްވުގާ
ގެއްލިގެންދިޔަ މިންވަރެއް ދެނެގަނެވިދާނެހެ ދަތުރުގާ
ތޮށިގަނޑުން އުފެދުނު ނުކުމެ ބޭރަށް ނަޒަރު ހިންގައިނުލާ
މޮށިއުޅޭބަސް ދޭހަ ވާނެހެ އެކުވެފައިހުރި ގައުލުގާ
ނުހުޅުވައި ބުއްދީގެ ދޮރުތައް ތަޅުދަނޑިން ކަލިވަތްތަކާ
މުހުލަތުން ދިރިހުރި ލެވޭނެހެމިނެ ލިބުނުވަރު އެކު އަގާ
ދިގުމިނެއް ނޭނގޭ މަގުގެ ކޮޅުގައި ހިނގައިގޮސް ހުއްޓުމަށް
ހިނގުމުގައި ފިޔަވަޅު އެޅުނުފަޅި ވަކިވެވޭނެހެ ޢަރުޟުގާ
ބުއްދިޔާ އިވުމާ ފެނުން ފުރިހަމަ ވިޔަސް ޖިސްމާއެކީ
ހުއްދައިންތައް ފަހަނަޅައި ދިޔަވަރު އެނގޭނެހެ ގަސްތުގާ
ދުރުދުރުން އަލި ކަނިތަކެއް ފަދައިން އެފެންނަ ވިދުންތަކަށް
ދުރުމިއެއް ނާޅައި އެނގޭނެހެ އޭގެ އަޞްލެއް ނަޒަރުގާ
ދެރަޔަކީއެއް ނޫނެ އިންސާނާ އުފެއްދެވި އަޞްލުތައް
ދެރަކަމެއް ނެތްކަން އެނގޭ އޭނާ ފަތާތީ ކައުނުގާ
