Support Us

މާފުށީ ކައިރީގައި ޕީޕީއެމް/ޕީއެންސީން ބޭއްވި މުޒާހަރާގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ -ފޮޓޯ: ޕީ.ޕީ.އެމް

ބަރުލަމާނީ ނިޒާމަށް ތާޢީދެއް ނުކުރަން: އަބްދުއްރަހީމް

ރިޔާސީ ނިޒާމުގެ ވެރިކަން ބަރުލަމާނީ ވެރިކަމަކަށް ބަދަލުކުރުމަށް ތާއީދު ނުކުރައްވާ ކަމަށް އިދިކޮޅު ކޯލިޝަން ލީޑްކުރައްވަމުން ގެންދަވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

އަދިވެސް އިން ދެންނެވި ސުވާލާކަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް/ޕީއެންސީއަކީ އަބަދުވެސް ގައުމުގެ މަސްލަހަތު އިސްކުރާ ޕާޓީއެއް ކަމަށާއި، ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބުދުﷲ ޖާބިރު ގާނޫނު އަސާސީ އިސްލާހުކޮށް ރާއްޖޭގެ ވެރިކަން ބަރުލަމާނީ ވެރިކަމަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހޅުއްވާފައިވާ އިސްލާހަށް ތާއީދު ނުކުރައްވާ ކަމަށެވެ.

"މިހާރު ރާއްޖޭގައި ވެރިކަން ހިންގަމުންދާ ރިޔާސީ ނިޒާމަކީ ޕީޕީއެމް ޕީއެންސީ ތާއީދުކުރާ ނިޒާމް. މި ގައުމަށް ދެރެވާނެ ގޮތަކަށް އަޅުގަނޑުމެންގެ މި ކޯލިޝަނަކުން އެއްވެސް ކަމެއް ނުކުރާނެ. އަބަދުވެސް އިސްކުރާނީ މާތްގެންވާ އިސްލާމްދީނާއި ދިވެހި ގައުމާއި ދިވެހިރައްޔިތުންގެ މަސްލަހަތު،" އަބުދުއްރަހީމް ވިދާޅުވިއެވެ.

ޖާބިރު މަޖިލިހަށް ހުށަހެޅުއްވި އިސްލާހުގައި ވިދާޅުވެފައި ވަނީ ސީދާ ރިޔާސީ ނިޒާމުގެ ވެރިކަމެއް ކުރަންޖެހޭ ކަމަށް މުތުލަގަށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައި ނެތުމުގެ ސަބަބުން ރާއްޖޭގައި ހިންގަމުން އަންނަ ވެރިކަމުގެ ނިޒާމުގައި ރިޔާސީ ނިޒާމެއްގެ ފުރިހަމަ ސިފައިގައި ހިންގަމުން އަންނަ ވެރިކަމަކަށް ނުވާތީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާ ގެއްލުމާއި ނިކަމެތިކަން ދުވަހުން ދުވަހަށް ބޮޑުވަމުންދާތީވެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ޖެހޭ ކަމަށެވެ.

ޖާބިރު ހުށަހެޅުއްވި އސްލާހާއި ގުޅިގެން ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ވިދާޅުވެފައެވެ. ސިޔާސީ އިސް ލީޑަރުންގެ ތެރެއިން މިހާތަނަށް ފާޅުގައި ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް އެ ނިޒާމުގެ މޮޅުކަން ހާމަކޮށްދޭން މަސައްކަތްކުރައްވާ ބޭފުޅަކީ މަޖިލިސް ރައީސް މުހައްމަދު ނަޝީދެވެ. ނަމަވެސް އެމްޑީޕީއާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތުން އަދި މިކަމާ ގުޅިގެން ބަސްފުޅެއް ވިދާޅުނުވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *