ތަހުނިޔާގެ ޖިޒީއަކަށް ޝުކުރުގެ މިޅެން ނުބެލޭނެތޯ
ފަޚުރުވެރިވި މުދައްރިސުންގެ ހިތަށް އުފާ ނުލިބޭނެތޯ
އޭގެ ފަހުގައި ފިކުރު ހިންގަން ހުރި ދިމާތައް ހާމަކޮށް
ލޭގެ ގުޅުމާ އިޚުވަތުގެ އިމުގައި މިޅެން ނުލިޔޭނެތޯ
ކުޅަ ގޮވާމުގެ ލާބަޔަށް ފިކުރާ ނަޒަރު ހިނގައިލުމުން
ހުޅަނގު ވިއްސާރައިގެ ނަކަތަށް ރުވިގަހުން ފައިދާވިތޯ
ދިވެހިބިމުގައި ކޮނެ ވަޅުންފެން ދިން ޒަމާނުގެ ގަސްގަހުން
ރިވެތި މާތައް ފޮޅުނު ފަދައިން މާ އަލުން ފޮޅުވޭނެތޯ
ދަނޑުހަނގުން ހޯދައި ނެރުނު މަތިވަރުގެ މަންފާ އިތުރުތޯ
ގަނޑުތަކަށް ފޮތްތަކުގެ، ލޯހިންގައި ބަލައި ނުލެވޭނެތޯ
އަހަރަކަށް އާ ދަނޑުކޮށައި އަންދައި ޖަހައި ފަސްގަނޑު މޮޅަށް
ސަހަލުނޫން މަތިވަރުތަކެއް ކެނޑުމަށް ގޮވާން ނީންދޭނެތޯ
އެތެރެކޮށްގެން ގަސްގަހަށް ދޭން ގެންނަ ބޭސް ނުޖަހައި ސަފުން
އެތެރެކުރި ބޭހުގެ އަސަރު ނުކުރާ ގޮވާން ނުކެނޑޭނެތޯ
މާރުކޭޓަށް ފިޠްރަތީ ގޮތުގައި ލިބޭ މޭވާ ނެރެން
ބާރުލައި އެންމެން މުދައްރިސުނަށް މަދަދު ނުދެވޭނެތޯ