މިލްކިއްޔާތުގައި 200 ބިލިއަން ޑޮލަރު (3000 ބިލިއަން ރުފިޔާ) ހުރި ދުނިޔޭގެ ތިން މީހުންގެ ތެރެއިން އެކަކަށް ފޭސްބުކް އުފެއްދި މާކް ޒަކާބާގްވެއްޖެއެވެ.
އެ ގޮތުން ބިލިއަނަޔަރު އީލޮން މަސްކްގެ ފަހަތުން ޒަކާބާގަކީ މިހާރު ދުނިޔޭގެ ދެވަނައަށް އެންމެ މުއްސަނދި މީހާކަމަށް ބްލޫމްބާގުން ބުންޏެވެ. އެއީ 206 ބިލިއަން ޑޮލަރު (3162 ބިލިއަން ރުފިޔާ) ހޯދައިގެންނެވެ.
"މި އަހަރު އެކަނިވެސް ޒަކާބާގަށް ވަނީ 78 ބިލިއަން ޑޮލަރު (1197 ބިލިއަން ރުފިޔާ) ލިބިފައި،" ބްލޫމްބާގުން ބުންޏެވެ.
ޓެސްލާގެ ވެރިޔާ މަސްކްގެ އަތުގައި މިހާރު ހުރީ 256 ބިލިއަން ޑޮލަރު (3929 ބިލިއަން ރުފިޔާ)އެވެ. އެމެޒޯންގެ ވެރިޔާ ބޭޒޮސް އަތުގައި 205 ބިލިއަން ޑޮލަރު (3146 ބިލިއަން ރުފިޔާ)އެވެ.
އުމުރުން 40 އަހަރުގެ ޒަކާބާގަކީ ފޭސްބުކް، އިންސްޓަގްރާމް، ތުރެޑްސް އަދި ވަޓްސްއެޕްގެ ވެރިޔާއެވެ.



advertisment