ކާފިރުން ސިއްސުވާ, ލާފިޔޭ ނުން އެ އީރާ
ކާއެމެރި ދަރި ކަމަށްވާ, ޑާބޮ އިޒުރޭލާ ނުބާ
ލާތަކެއް ޙަމަ ދިނޭ ލުމެއް، ރާނުއީ ނުވެ ޖެހިލުމެއް
ހީކުރެތެ އެމެރިކާ، އީރާނު ލާނަމެ ފަހާ
ޔާރުތައްހަތި ދައްކުވާ، ޒާރުތައް އިން ދިނީމާ
ޔާރަޝި މަދަދު ކުރާ ކަމުުން، ރާނުއީ ވަރުގަދަ ކަމުން
ފަނާވާތަން ބަލަން އުއްމަތް މަޑުން ނޯތޭ އެ އީރާނުން
ސަނާ ނުކިޔައި އެމެރިކާޔަށް ފެށީ ހަނގުރާމަ އީރާނުން
ފަލަސްޠީނާއި ލުބުނާނާ ޔަމަން ނެތިކޮށްލުމަށް އުޅުނަސް
ބަލަން ނޯތޭ ޔަހޫދީންނަށް ބިރުން ގަދަފަދަވި އީރާނުން
ނަތަންޔާހޫ ހިތަށް އެރިހައި ގޮތެއް ނެހެދޭނެކަން އަދިއެއް
ރަތަށް އެރިޔަސް އެމީހުންނަށް ދިނީ ސިގުނަލެކެ އީރާނުން
ވެއަތުވާއިރު އަހަރު އައްޑިހަ ފަލަސްޠީނީން ރޮމުންގިސްލާ
އެއަޑުއެހި ބަޔަކު ނެތްހިނދު އުއްމަތުން ތެދުވީޔެ އީރާނުން
ނަވާރަސަތޭކަ ފަސްދޮޅަހުން ހަތެއްވީ އަހަރު ފަސްގައުމެއް
ސަވާރުވެ ބޯޓުތަކުގައި ދިން ޙަމަލަ، ދިންހެން މި އީރާނުން
ޢިރާޤާ ސޫރިޔާ މިޞްރާ އެކީ ލުބުނާނު އަދި އުރުދުން
ގިރާކޮށް ފާރު އިޒުރޭލުގެ ޙަމަލަދިން ހެންނެ އީރާނުން
އެކަތިގަނޑަށް މިއުއްމަތް ވެއްޖެނަމަ ނޯންނާނެ އިޒުރޭލެއް
އެކަން ޙާޞިލުވުމަށް ކެރިގެން ނެގީއިސް މިއަދު އިރާނުން
