Support Us

އިސްރާއީލުގެ ވައިގެ ހަމަލާއެއްގައި ލުބްނާންގެ ވެރިރަށް ބައިރޫތުގައި އަނދަމުންދިޔަ އިމާރާތެއް

އިރާންގެ ކިބައިން އިސްރާއީލު ދިފާއުކޮށްދޭނަން: އެމެރިކާ

ދުރުރާސްތާގެ މިސައިލް އިރާނުން އިސްރާއީލަށް ފޮނުވައިލުމަށް ތައްޔާރުވެފައިވާ ކަމަށާއި އިސްރާއީލު ދިފާއުކޮށްދޭނެ ކަމަށް އެމެރިކާއިން ބުނެފިއެވެ.

"އިސްރާއީލުން ހިޒްބުﷲއަށް ހަމަލާ ދޭން އެއްގަމު މަގުން ލުބްނާނަށް ވަނުމުން އިސްރާއީލަށް ބެލިސްޓިކް މިސައިލުން ހަމަލާ ދޭން އިރާނުން ވަނީ ތައްޔާރުވެފައި،" އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ އޮފިޝަލަކު ބުންޏެވެ.

ބެލިސްޓިކް މިސައިލް ބޭނުންކޮށްފި ނަމަ އިސްރާއީލުގެ ކޮންމެ ހިސާބަކަށް ވެސް އިރާންގެ ވައިގެ ހަމަލާ ފޯރާނެއެވެ. އޭގެ ތެރޭގައި ވެރިރަށް ތެލް އަވީވް ވެސް ހިމެނެއެވެ.

"އިސްރާއީލު ދިފާއުކުރުމަށް އަހަރެމެން މި ދަނީ ތައްޔާރުވަމުން. އިރާނަށް ނުރައްކާތެރި ނަތީޖާތަކެއް އަހަރެމެން ދައްކައިލައިނަން،" ވައިޓް ހައުސްގެ އޮފިޝަލް ބުންޏެވެ.

އިރާނުން މިދިޔަ އެޕްރިލް މަހު އިސްރާއީލަށް ދިން ފުރަތަމަ ސީދާ ހަމަލާތަކުގައި 170 ޑްރޯން، 30 ކްރޫޒް މިސައިލް އަދި 120 ބެލިސްޓިކް މިސައިލް ވަނީ ފޮނުވައިލައިފައެވެ. ނަމަވެސް އަމާޒުފަތްގަނޑުތަކަށް އެރުމުގެ ކުރިން އެ ތަކެތި ވަނީ ނައްތައިލައިފައި ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން އެއިރު ބުންޏެވެ.

އިސްރާއީލުން ބުނީ އިރާނުން މިހާރު ދޭން އުޅޭ ބެލިސްޓިކް މިސައިލް ހަމަލާއަށް އިސްރާއީލު އަސްކަރިއްޔާއިން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ.

"މީގެ ކުރިން ވެސް އަހަރެމެން ވަނީ މި ނުރައްކާ ނައްތައިލައިފައި. މި ފަހަރު ވެސް މި ކަމާ ކުރިމަތިލައިނަން،" އިސްރާއީލު އަސްކަރިއްޔާގެ ތަރުޖަމާނު ޑެނިލް ހަގާރީ ބުންޏެވެ.

އޭނާ އިތުރަށް ބުނީ އިރާނުން އިސްރާއީލަށް މިސައިލްތައް އޮއްސައިލައިފި ނަމަ އެ ކަމާ ދެކޮޅަށް އަޅާނެ ފިޔަވަޅުތައް ރައިވައިފައިވާ ކަމަށެވެ.

އިސްރާއީލުން ލުބްނާނަށް އެއްގަމު މަގުން އެރުމުން ގިނަ ގައުމުތަކުން ވަނީ ފާޑުކިޔައިފައެވެ. އެ ކަމަށް ތައުރީފުކޮށް ހިތްވަރުދިނީ އެމެރިކާ ފަދަ މަދު ގައުމުތަކެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *