ވަނީއަޅުވެތި ބަޔަކު ބޭރުން އަރައި އަތްފައި ބަނީމާހޭ
ވަނީ މިނިވަން ދަރަނި ފުލެޓާ ވަޒީފާ ހޯދުނީމާހޭ
އަމިއްލަމަސައްކަތުން އުޅެވޭ ގެދޮރުވެރި ރައްޔިތުންނެތްނަމަ
އަމިލަ ވަޠަންގެ މިނިވަންކަން ވަނީ ލިބިފައި ކަމަަށްވޭހޭ
ވަޒީފާއެއް ލިބޭތާ ހަމަހުގައި އިސްކީމަކާ ލުއިލޯން
ވަޒީފާގައި ތިބޭ އެންމެން ނެގުން މިނިވަން ކަމަށްވޭހޭ
ލިބޭ ކުޑަކުޑަ މުސާރަ އެކަން ފުލެޓަށާ ލޯނަށާ ދީފައި
ތިބޭން ޖެހުމީ ނުކައި އެމަހަކު އެއީ މިނިވަން ކަމަށްވޭހޭ
ކަރަންޓާ ބޯފެނަށް ފައިސާނުދެވިގެން ފެން ކަރަންޓުކެނޑޭ
ދަރަނިވެރިކަންމަތީ އާންމުން ތިބުން މިނިވަންކަމަށްވޭހޭ
އެހާލަތުގައިކަމެއް ތިބެނީ ނުވިސްނޭހެން ސިޔާސީކޮށް
ދެހާހުގެ ގަރުނުތަކުގައިވެސް ތިބުން މިނިވަން ކަމަށްވޭހޭ
މިކަންކަން ވީއްލުވައިދޭފަދަ އަމާނާތްތެރިވި ބަފަޔަކުނެތި
ބިކަވެ އަޅުވެތި ނުވާނެމަގެެއް ދަރީންނަށް ފަހި ވެދާނޭހޭ
