ދަނީހޭ އޮއްސިގެން ފަތިހުގެ ކުރިން ހަނދުވަރު ނިވައިލާފާ
ވަނީ މުޅިދުނިޔެ ތިޔަ ރޯޝަން ކަމަށް އެދި ނިދި ނަގައިލާފާ
ހިތުގެ ދަތިވޭންތަކަަށް ފަރުވާ ލިބޭ ތިޔަ ހަނދުވަރުގެ ނޫރުން
މިތުރު އުޑުގައި އުދަވެ ހުރުމުން ވިލާ ދާތީ ނަށައިލާފާ
ވިލާކޮޅަކުން ނިވައިނުވެ ރީތި ތިޔަ ބުރުސޫރަ ފެންނަހިނދުން
މިލާފައިވާ ގަހާ މާތައް އަލުން ދިރެނީ އެ ހީލާފާ
ގުރާތައް ރީތި މުނިޔާޔާ އުދުހި އުފަލުން ދެޔޭ ނަށަމުން
މުރާދުވެޔޭ އެދޭ ހުރިހައި ގޮތަށް އެވެރިން ވަށައިލާފާ
އަތަށް ފަތިހުގެ އަޅާހިނދު އޮހޮރެމުންދޭ ޝަބްނަމުގެތިކިތައް
ހަތައިގައި ކުޅަނދުރުގެ މާމުއި ފަދަވި ރަހަ ހުންނަ ހަރުލާފާ
ނުދާށޭ ރޭގަނޑުގެ ފަޅި އެއްސިކުންތުން ތަންފުކެއް އޮއްވައި
އުދާސްތައް ބިންމަތީ އަދިވެސް ވެޔޭ ހޫނުން ފުރައިލާފާ
