ނުކުންނަ މަތިވަރު ގުރުޑު ވެގެންދާ ބަލީގެ ބާވަތް ބަލަން ނުވޭތޯ
ދުކުން ދޮނަޅަ ބިންބި އާއި ކުދިބަތް ޒުވާރިކޮޅު އަމަށުގައި ލިބޭތޯ
އެތެރެ ނުކޮށް އޭގެ ބާވަތެއް ނެތް ލިބޭކަށެއް ކާން މިހާރު އަމުދުން
އެތެއްގެ މާގަނޑު އަޅާ ގޮބޮޅިކޮޅު ވަނދަށް ނުވެރި ހަރުވެ ކާށިވޭތޯ
އަޅާނެފަދަ ރީތި މާމެލާމެލި ރުވައިލެވޭ ގަސްގަހަށް އެބަލިޖެހި
އަޅާ މަލެއް ނުފޮޅެނީސް ޅަފަތުގައި ގުރުޑުވެދާ ބަލި ނުޖެހި ފޮޅޭތޯ
ގަހަކު ފޮޅޭ މާ ދިވެހި ނުލިބިގެން އެތެރެ ކުރާ ބޭރު މާ ވުމުންގިނަ
ވަހަކު ތަފާތެއް ނެތަސް މަލެއްގައި އެތެރެ ނުކޮށް ބޭރު މާ ފުދޭތޯ
އަނބާ ދަނބާ ފޭރު ޖަންބު ޖަނބުރޯލް ކިތަންމެ ދޮނަކަސް އެތެރެ ނުކުރުމަށް
އަނބާ ދަނބާ ފޭރު ޖަންބު ޖަނބުރޯލް ނުކައި ކޮވެލި ވާ އަލުން ލިބޭތޯ
ފިކުރު އިތުރުކޮށް މިކަންކަމާމެދު ބޮޑުން ވަކީން އިސްކަމެއް ޖެހޭދޭން
މިކުޑަ ދިވެހި ގައުމުގައި ހެދޭގަސްގަހަށް ގުރުޑު ބަލި ނުޖެހިހެދޭތޯ
