Support Us

އިހަވަންދުއަށް އެމް.ޕީ.އެލް އިން ކްރޭނެއް ހަދިޔާކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން ހއ. އިހަވަންދޫ ކައުންސިލަށް ކްރޭނެއް ހަދިޔާކޮށްފިއެވެ.

އިހަވަންދޫ ބަނދަރު ސަރަހައްދުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ ރަށު ކައުންސިލަށް ކްރޭން ރަސްމީކޮށް ހަވާލުކޮށްދެއްވީ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމެވެ.

އެމް.ޕީ.އެލްއިން އިހަވަންދޫ ކައުންސިލަށް ހަދިޔާކުރީ "KOBELCO" ބްރޭންޑްގެ 25 ޓަނުގެ ކްރޭނެކެވެ. މިއީ އިހަވަންދޫ ކައުންސިލްގެ އެދުމަކަށް އެމް.ޕީ.އެލްއިން ހަދިޔާކުރި ކްރޭނެކެވެ.

މިއަދުގެ ރަސްމީޔާތުގައި ވަޖީހް ވިދާޅުވީ ކައުންސިލްތަކުން އެދޭ ކަންތައްތައް އެމް.ޕީ.އެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ފުރިހަމަކޮށްދިނުމަށް މަސައްކަތްކުރާ ކަމަށެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޟަބާޚް ވިދާޅުވީ ކްރޭނެއް ހޯދުމަށް އިހަވަންދޫ ކައުންސިލް އިން އެދެމުން، އެމް.ޕީ.އެލް އިން ވަރަށް އަވަހަށް އެކަން ފުރިހަމަކޮށްދީފައިވާތީ އެމް.ޕީ.އެލްއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.