މާނަޔަށް ހަރުބަސްބަހުގެ ނުބަލައި ނިދާފައި ނުތިބެމާ
ދާނަކުޅަވީ މިންވަރެއްގައި މާނަ ހޯދަން ފީނަމާ
އެއްސަތޭކައަހަރު ބަޅެއްގެނަގޫ އޮތަސް ސަންފާއޮނަކު
ލެއްވިއިރު އޮތްހެން ނަގާހިނދު ވާނެކަންބަޅު ދަންނަމާ
ތިކިޖަހާނީ އެއްޗަކުން އެތެރޭ އެ އެތި ހުރި އެއްޗެކޭ
މިކިޔެނީ ކީކޭކަމާމެދު ސިކުނޑި ކުޑަކޮށް ގާނަމާ
އަލަގަހުން ނުފަޅާނެޔޭ ކެޔޮނިރު ބުނާ މޮޅު ހަރުބަހަށް
ބަލަގަ ވިސްނަންނޫޅެ ތިބެނީ އުނިކަމެއްކަން ދަންނަމާ
ނިވަލުގައި ވައިނުޖެހިހުރެ އެހެދޭ ޅޮހެއްގައި ވަރުނެތަސް
ނިވަލަކުން ލިބިފައި ހިމާޔަތް ނެތްޅޮހުގެ ގަދަފަދަކަމާ
ފިޠުރަތުގެ ތޯހިރުވި ވާރޭފެން ވެހޭނަމަ މޫދަކަށް
އިތުރު ހިނދުކޮޅަކަށް ވިޔަސް ލަސްނުވެ ލޮނަށް އެވެދާކަމާ
މިހިރަ ކަންކަން ދޭހަކޮށް ހޭވެރިވެ ހޭލައި ހުންނަނަމަ
ސިހިގެނެއް މިހަޔާތުގައި ނުޖެހޭނެކަން ދާން ދަންނަމާ
