Support Us

ބައިނަލްއަޤްވާމީ ބަންކަރިންގެ ހިދުމަތް ފަށަން ފުރިހަމައަށް ތައްޔާރު: އެސްޓީއޯ

ބައިނަލްއަޤްވާމީ ބަންކަރިންގެ ހިދުމަތް ފަށަން ތައްޔާރު ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.

އެސްޓީއޯގެ ބަޔާނެއްގައި ބުނީ މި މަހުގެ 19 ވަނަ ދުވަހު ބައިނަލްއަޤްވާމީ ބަންކަރިންގ ޚިދުމަތް ފެށުމަށް އެ ކުންފުނީ ވަނީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ. މި ޚިދުމަތް ފެށުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ވަނީ ނިންމައިފައި ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.

"ބަންކަރިންގ ޚިދުމަތުގެ އިތުރުން، އެހެނިހެން އެހީތެރިކަމުގެ ޚިދުމަތްތައް ނުވަތަ އިތުރު ހިދުމަތްތައް އެ ސަރަހައްދުގައި ފޯރުކޮށްށްދެވޭނެ،" އެސްޓީއޯ އިން ބުނެއެވެ.

"މިހާރުވެސް ބައިނަލްއަޤްވާމީ ބަންކަރިން ޚިދުމަތަށް އެދި ބުކިންތައް ލިބެމުންދާކަން އެސްޓީއޯއިން ފާހަގަކުރަން. އަދި މިއާއެކު މި ޚިދުމަތް ފެށި، އިތުރަށް ފުޅާކޮށް، އިތުބާރު ހުރި ޚިދުމަތަކަށް ހެދުމާއެކު، މާކެޓް އިތުރަށް ފުޅާވެގެންދާނެކަމުގެ ޔަޤީންކަން އެސްޓީއޯއަށް އެބައޮތް."

އެސްޓީއޯ އިން ބުނީ އާންމު ގޮތެއްގައި މި ސަރަޙައްދުގައި (އިންޑިއަން ސަބް ކޮންޓިނެންޓް) ބަންކަރިން ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ ކޮލަމްބޯ، ސްރީލަންކާއިން އަދި އިންޑިއާގެ ބަނދަރުތަކުން ކަމަށާއި "އެސްޓީއޯއިން އެންމެ ފުރަތަމަ ބަންކަރިން ޚިދުމަތް ފޯރުކޮށްދިނުމަށް ރޭވިފަވަނީ އެމްއެސްއެސް އިން އޮޕަރޭޓް ކުރަމުން އަންނަ "ވައި.ސީ ބެރިއާރ" އަށް" ކަމަށެވެ.

"މިއީ އުޅަނދުގެ ޝެޑިއުލްޑް ބަންކަރިންއެއް. މީގެ ކުރިންނަމަ މި އުޅަނދުގެ ދަތުރު ޝެޑިއުލްއާއެކު ބަންކާކުރަމުން އައީ ކޮލަންބޯއިން. ސަބަބަކީ ލޯ ސަލްފާ ފިއުލް އޮއިލް މީގެ ކުރީ ލިބެން ނުހުންނާތީ. "ވައިސީ ބެރިޔާ" އަކީ ކޮލަމްބޯއާއި މާލެއާ ދެމެދު ދަތުރުކުރާ އުޅަނދެއް. މި އުޅަނދު މަހެއްގެ މައްޗަށް 200 ޓަނުގެ ތެޔޮ ބޭނުންކުރެއެވެ. އަދި މި އުޅަނދުގައި 11،000 ކޮންޓެއިނަރ އުފުލުމުގެ ޤާބިލުކަން ހުރޭ."